logo
ކުޅިވަރު

ވަޒީރު ރާފިޢު، ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފި

ވަޒީރު ރާފިޢު، ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއާއި ބެޑްމިންޓަން އެކަޑަމީއާ ގުޅިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އާއި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުالله ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ނެޝަނަލްސް ކެޓެގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ހުސެއިން ޒަޔާން ޝަހީދު ޒަކީއެވެ. ޒަޔާން ޗެމްޕިއަންކަން ހޯދީ ޑަބަލްސް އިވެންޓުގައި ޒަޔާން އާއެކު ރަން މެޑަލް ހޯދި ނިބާލް އަހުމަދު ފައިނަލްގައި ތިން ގޭމުން ބަލިކޮށްގެންނެވެ.

މުބާރާތުގެ ސޯޝަލް ކެޓެގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ލައިބާ އަޙްމަދު މަޚްލޫފް އެވެ. ޝުބާ މުޙައްމަދު ޝަރީފް އެކީ ކުޅުނު މި ވާދަވެރި މެޗު ލައިބާ ކާމިޔާބުކުރީ 21-18 22-20 އިންނެވެ.

ސޯޝަލް ކެޓެގަރީގެ ފިރިހެން ޗެމްޕިއަންކަން އިބްރާހިމް ނާޝިތު ހަމްދީ ހޯދީ ފައިނަލްގައި ނ.ހޮޅުދޫގެ ހުސެއިން މައާޝް މުހައްމަދު ބަލިކޮށްގެންނެވެ. މިމެޗު ނާޝިތު ކާމިޔާބުކުރީ 21-13 21-15 އިންނެވެ.

މީގެއިތުރުން، ނެޝަނަލްސް ކެޓަގަރީގެ މެންސް ޑަބަލްސް ފައިނަލް މެޗުން، ކާމިޔާބުކުރީ ނިބާލް އަހުމަދާއި ހުސެއިން ޒަޔާން ޝަހީދު ޒަކީގެ ޕެއާއެވެ. މިމެޗު ނިބާލް އާއި ޒަޔާން ކާމިޔާބުކުރީ 21-12 21-12 އިންނެވެ.

ސޯޝަލް ކެޓަގަރީގެ އަންހެން ޑަބަލްސް ފައިނަލް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އައިޝަތު ޔޫހާ އަހުމަދާއި ޝުބާ މުހައްމަދު ޝަރީފްގެ ޕެއާއެވެ. އައިޝަތު ޒޯޔާ ހުސެއިން އާއި ލައިބާ އަހުމަދު މަޙްލޫފްގެ ޕެއާ އާއި ބައްދަލުކުރި މިމެޗު ޝުބާ އާއި ޔޫހާ ކާމިޔާބުކުރީ 23-21 21-15 އިންނެވެ.

ސޯޝަލް ކެޓަގަރީގެ މެންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިފާއު އަބްދުﷲ އާއި އަހުމަދު ޒިޔާދުﷲ ގެ ޕެއާއެވެ. ޒިޔާދާއި ޝިފާއުގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހުސެއިން މައާޝް މުހައްމަދާއި ހުސެއިން އަތޫފްގެ ޕެއާ ދެ ގޭމުން ބަލިކޮށްގެންނެވެ. އެއީ 21-13 21-19 އިންނެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންވަޒީރު ރާފިޢު، ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިކުޅިވަރު | 16 ދުވަސް ކުރިންމަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | މަހެއް ކުރިންދައުލަތުން ހަރަދުކޮށްގެން ފަށާފަހުރި މަޝްރޫއަތައް ނިންމާނަންޚަބަރު | މަހެއް ކުރިން