logo
E-Platinum
ޚަބަރު

ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަަށައިފި

އަޙްމަދު ޒަލީފް
14 ނޮވެމްބަރު 2024 - 14:18
ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަަށައިފި

އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. 


ރަސްދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީން ރޫމް، ބަދިގެ ކާގެ އަދި ލޯންޑަރީއާއި ސްޓޯރޫމް ހުންނާނެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ އެސްއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 

IMG_2742.jpeg

ރަސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިމަޝްރޫޢު ކުރިން އޮތް ގޮތަށް ބައެއް ބަދަލުވެސް ގެނެސްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން ކުރިން މި ހައުސިން ޔުނިޓްތައް ރަށުގެ ދެ ސަރަޙައްދެއްގައި އަޅަން ނިންމާފައި އޮތް ނަމަވެސް، މިހާރު ހުރިހާ ޔުނިޓްތައް ރަށުގެ އެއް ސަރަޙައްދުގައި އަޅާގޮތަށް ޕްރޮޖެކްޓަށް ބަދަލުގެނެސްފައިވާކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރަސްދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީން ރޫމް، ބަދިގެ ކާގެ އަދި ލޯންޑަރީއާއި ސްޓޯރޫމް ހުންނާނެއެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް ހަދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ރަސްދޫއަކީ އާބާދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެޚަބަރު | 4 މަސް ކުރިންރަސްދޫގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދޭން އިންޑިއާގެ ދެ ސްޕެޝަލިސްޓުން ރާއްޖެ ގެނެސްފިޚަބަރު | 4 މަސް ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންދެމަފިރިން ފިހުނު މައްސަލައިގެ ތަޙުޤީޤެއް ހިންގަނީ ޚަބަރު | 4 މަސް ކުރިން