logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ކަޕް ކޮލިފިކޭޝަން ކޮންމެބޯލް – ޕެރަގުއޭ އަތުން އާޖެންޓީނާ ބަލިވެއްޖެ

އަބްދުﷲ ޣާނިމް
15 ނޮވެމްބަރު 2024 - 03:59
ޕެރަގުއޭގެ އެންޓޯނިއޯ އޯވަހެޑް ގޯލު ޖަހަނީ. ފޮޓޯ: ސްޕޯރޓްސް ސްޓަރ
ޕެރަގުއޭގެ އެންޓޯނިއޯ އޯވަހެޑް ގޯލު ޖަހަނީ. ފޮޓޯ: ސްޕޯރޓްސް ސްޓަރ

ވޯލްޑްކަޕް ކޮލިފިކޭޝަންގައި ރޭގައި ދުނިޔޭގެ ރޭންކިންގ 55 ވަނަގައި އޮތް ޕެރަގުއޭ އަތުން އާޖެންޓީނާ ބަލިވެއްޖެއެވެ. މި މެޗުން ޢާޖެންޓީނާ ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. މިއީ 2016 ގެ ފަހުން ޕެރަގުއޭ އަތުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރެވެ.

 މެޗު ފަށައިގެން އެންމެ 11 މިނެޓުގައި އާރޖެންޓީނާގެ ފޯވާޑް ލައުޓާރޯ ގޯލެއް ޖަހާ އާޖެންޓީނާއަށް ލީޑު ނަގާދިންނަމަވެސް މާގިނައިރުތަކެއްނުވެ ފެރަގުއޭއިން ވަނީ ނަތީޖާ ހަމަކޮށްފައެވެ. މިއީ މެޗުގެ 19 ވަނަ މިނެޓުގައި އެންޓޯނިއޯ އޯވަހެޑަކުން ޖެހި ރީތި ގޯލެކެވެ. އަދި ދެވަނަ ހާފު ފަށައިގެން 2 މިނެޓު ތެރޭގައި ޕެރަގުއޭއިންވަނީ އިތުރު ގޯލެއްޖަހައި ޓީމު މޮޅުކޮށްދީފައެވެ. މި ގޯލު ޖަހައިދިނީ ޑިއޭގޯ ނަގައިދިން ހިލޭ ޖެހުމަކުން ގޯމެޒް ބޮލުން ޖަހައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ނިމިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމު އާޖެންޓީނާގެ އެމީލިއާނޯ މާޓީނޭޒް ހޯދިފަހުން އޭނާ ކުޅުނު 4 މެޗުން ބައިކޮޅަށް ވަތް 9 ވަނަ ގޯލެވެ. އަދި މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޖެހިޖެހިގެން ބަލިވި 2 ވަނަ މެޗެވެ.

މި މެޗުން ޕެރެގުއޭ ހޯދި ފޮއިންޓަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެމީހުން ހޯދި މުހިންމު ޕޮއިންޓެކެވެ. އެގޮތުން އެޓީމު އޮތީ ކުޅުނު 11 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. އަދި ރޭގެ މެޗުން އާޖެންޓީނާ ބަލިވިނަމަވެސް އެޓީމު އޮތީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާގެ ތާވަލުގެ އެއްވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 9 ދުވަސް ކުރިންބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށްކުޅިވަރު | 14 ދުވަސް ކުރިންއާޖެންޓީނާގެ ކުޅުންތެރިން ރަފީނިޔާ އާއި ދިމާކޮށް ސުކޫތެއް ގެނެސްފިކުޅިވަރު | 6 މަސް ކުރިންއާޖެންޓީނާ ސައިޒަށް ކަނޑަންދިޔަ ރަފީނިޔާ ސައިޒަށް ކަނޑައިފިކުޅިވަރު | 6 މަސް ކުރިން