logo
E-Platinum
ކުޅިވަރު

އާޖެންޓީނާގެ ކުޅުންތެރިން ރަފީނިޔާ އާއި ދިމާކޮށް ސުކޫތެއް ގެނެސްފި

އަބްދުﷲ ޣާނިމް
26 މާރިޗު 2025 - 11:39
ރޭގެ މެޗުތެރޭގައި ރަފީނިޔާ އާއި އާޖެންޓީނާ ކުޅުންތެރިން ވަނީ ދިމާކޮށްފައި. ފޮޓޯ: ސީބީސީ
ރޭގެ މެޗުތެރޭގައި ރަފީނިޔާ އާއި އާޖެންޓީނާ ކުޅުންތެރިން ވަނީ ދިމާކޮށްފައި. ފޮޓޯ: ސީބީސީ

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ކުޅެ 4-1 އިން މޮޅުވުމަށްފަހު، އާޖެންޓީނާ ކުޅުންތެރިން ބާސެލޯނާގެ ކުޅުންތެރިއެއް ކަމަށްވާ ރަފިންހާއަށް ފާޑުކިޔާ ޗެންޓެއް ކިޔައި ސުކޫތުކޮޅެއް ގެނެސްފިއެވެ.

އެސްޓާޑިއޯ މާސް މޮނުމެންޓަލްގައި ކުޅުނު މި މެޗުގައި ޖުލިއަން އަލްވާރެޒް، އެލެކްސިސް މެކް އަލިސްޓަރ، އެންޒޯ ފަނާންޑެޒް އަދި ޖުލިއާނޯ ސިމިއޯނީ ވަނީ ގޯލު ޖަހާފައްެވެ. ބްރެޒިލްގެ ހަމައެކަނި ގޯލު ޖެހީ ވޯލްވްސްގެ ކުޅުންތެރިއެއް ކަމަށްވާ މަތެއުސް ކުންހާއެވެ.

މެޗުގެ ކުރިން ރަފިންހާ ވަނީ ޓީވީ ސްޓޭޝަނަކަށް ދެއްކި ވާހަކައެއްގައި އާޖެންޓީނާއަށް ގޮންޖަހާ، ގްރައުންޑް އެތެރޭގައާއި ބޭރުގައި ވެސް އެ ޓީމު ސައިޒު ކުރާނެ ކަމަށްބުނެ އިންޒާރުދީފައިވެއެވެ. އަދި ރަފީނިޔާ މިމެޗުގައި ގޯލު ޖަހާނެކަމުގެ ޔަގީން ކަމަށް ވެސް ބުދީފައިވެއެވެ.

މެޗު ނިމުމަށްފަހު އާޖެންޓީނާ ކުޅުންތެރިން ވަނީ "އެއް މިނެޓުގެ ހަނުހިމޭންކަމެއް... ޝްޝް!... މަރުވެފައިވާ ރަފިންހާއަށް!" މިފަދައިން ޗެންޓް ކިޔައި ރަފީނިޔާ އާއި ދިމާކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.

މީގެ އިތުރުން މެޗުގެ ތެރޭގައި އާޖެންޓީނާގެ ސަޕޯޓަރުން ވެސް ވަނީ ރަފިންހާއަށް އަމާޒުކޮށް އެކި ބަސްތައް ގޮވާފައެވެ.

 

 

މެޗަށްފަހު ބްރެޒިލްގެ ކެޕްޓަން މާކިންހޯސް ވަނީ "ލަދުވެތި" މި ބަހުން މެޗުގައި ޓީމުގެ ޕަފޯމަންސް ސިފަކޮށް، ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި މިއީ ހަމައެކަނި ކޯޗުގެ ކުށެއް ނޫން ކަމަށާއި، ކުޅުންތެރިންގެ ވެސް ކުށެއް ކަމަށް އޭނާ ބުނެފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަދި ބްރެޒިލްގެ ކޯޗު އެންޗެލޯޓީ ޖަލަށްލުމަށް ހުކުމްކޮށްފިކުޅިވަރު | 22 ދުވަސް ކުރިންއެންޗެލޯޓީގެ އުފަންދުވަހުގައި ވިނީޝިއުސްގެ ގޯލާއެކު ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 2 މަސް ކުރިންނޭމާ އެނބުރި އައުމުން ބްރެޒިލް ޓީމަށް އިތުރު ކުރިއެރުމެއް ލިބޭނެ، މިސްރާބުހުރީ ރަނގަޅަށްކުޅިވަރު | 2 މަސް ކުރިންއެންޗެލޯޓީގެ ފުރަތަމަ މެޗުގައި ބްރެޒިލް އާއި އިކުއޭޑޯ ހަމަހަމަކުޅިވަރު | 2 މަސް ކުރިން