logo
E-Platinum
ޚަބަރު

ބަންކަރިންގެ ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސައީދު

އާމިނަތު ޝަފާ
15 ނޮވެމްބަރު 2024 - 07:02
ބަންކަރިންގެ ހިދުމަތުން  1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސައީދު

ބަންކަރިންގެ ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"ހަފުތާ 52" ގެ ނަމުގަ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ނުގެއްލޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް އާއްމުދަނީ ލިބޭނެ އައު ސިނާއަތް ތައް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ . މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދީފައިވާކަމަށެވެ.

އެގޮތުން  ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ ބަންކަރިންގެ ހިދުމަތަށް ވަޒީރުވަނީ އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.

"އޮފްޝޯ ގައި ފަށައިގެންވެސް މިހާ ދަތީގައި ފަށައިގެންވެސް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ"

ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގެ ތާރީހުގައި މި އަހަރު ރައީސް ހެއްދެވި ބަޖެޓުގައި ނޫނީ މެދު ރާސްތާގެ އިސްތިރާޖީ ތިން އަހަރު ދުވަހުގެ ޕްލޭން ފިޔަވައި އެއްވެސް ރިޕޯޓެއްގައި ފަތުރުވެރިކަމުގެ ސިނާއަތުން ފިޔަވައި އާމްދަނީ ލިބޭނެ ކަމަށް ނޯންނާނެ ކަމުގައެވެ.

ބަންކަރިން ހިދުމަތް ފެށުމަކީ ސަރުކާރުގެ މުހިންމު އިގްތިސާދީ ސިޔާސަތެކެވެ. މިހާރު މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތްދެނީ އަވަށްޓެރި އިންޑިއާއިންނާއި ލަންކާއިންނެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | މަހެއް ކުރިންރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފިޚަބަރު | މަހެއް ކުރިންލަންކާ އާއިއެކު ކޮމާޝަލް ޑިއުޓީ-ފްރީ ޒޯނެއް ޤާއިމްކުރަން ޚިޔާލު ވެސް ކުރެވިފައެއްނުވޭ: ސައީދުޚަބަރު | މަހެއް ކުރިންސަރުކާރު މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކކުރާކަމަށް ބުނެ ފަތުރަނީ ދޮގު- ސައީދު ޚަބަރު | 3 މަސް ކުރިން