logo
ޚަބަރު

ރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ހުސައިން ވަސީމް
2 ޖުލައި 2025 - 12:15
ރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް  ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ރާއްޖޭގެ ފުރަތަމަ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް ފެށުމަށް ދުނިޔޭގެ މަޝްހޫރު އިންވެސްޓްމަންޓް މައިގްރޭޝަން ފަރުމާ ކަމަށްވާ ހެންލީ އެންޑް ޕާޓްނަރސް އާއި އެކު ލޭންޑްމާކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންވެސްޓްމަންޓް މައިގްރޭޝަން ކުންފުންޏެއް ކަމުގައިވާ ހެންލީ އެންޑް ޕާޓްނާސްއާއެކު، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި އިއްޔެ އޮތް ރާއްޖޭގެ އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ މި ސްޓްރެޓެޖިކް ކޯލަބަރޭޝަންގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، ރައީސް މުއިއްޒުގެ 2040 ވަނަ އަހަރުގެ ތަސައްވަރުގެ ދަށުން އިގްތިސާދީ ތަފާތުކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއު ނިމުމުން އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތައް ފަހިވެގެން ދާނެ އެވެ.

Gu0eAedWwAEKk-c.jpg

 

މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ގައުމެއް ކަމަށާ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓު ކުރާ މީހުންނަށް ދިރުއުޅެވޭނެ ފަސޭހަގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު އިތުރަށް ޑައިވާސިފައި ކުރެވި އިތުރަށް ކުރިއަރާ ދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ހެންލީ އެންޑް ޕާޓްނަރސް އާއި އެކު ލޭންޑްމާކް އެއްބަސްވުމުގެ ދަށުން އިންވެސްޓަރުންނަށް ދޭ ހާއްސަ ވިސާއާ ގުޅޭ ފްރޭމްވޯކް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާނެ ކަމާށްވެސް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފަ އެވެ. އެ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިިއުޅެން އަންނަ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓާއި ހޮސްޕިޓާލިޓީ އަދި އުމްރާނީ ތަރައްގީގެ އެހެން ދާއިރާތަކުގައި އިންވެސްޓްކުރުމަށް ފުރުސަތުތައް ލިބޭނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

 

 

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | 16 ދުވަސް ކުރިންހުރިހާކަމެއް ހަމަޖެހިފައި ހުރެމެ އާ ޓާމިނަލް އެމްޑީޕީ ސަރުކާރަށް ނިންމާނުލެވުނީ އިހްލާސްތެރިކަމެއްނެތުމުން: ސައީދުޚަބަރު | 16 ދުވަސް ކުރިންހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 2 މަސް ކުރިންރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފިޚަބަރު | 2 މަސް ކުރިން