logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އިޤްތިޞާދީ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފި

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 09:32
ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އިޤްތިޞާދީ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފި

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އިޤްތިޞާދީ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފި އެވެ.

އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގުޅިގެން އިއްޔެ ކުޅުދުއްފުށި ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއްފަރާތްތަކާއި، ވިޔާފާރީގެ އެކިކަންކަމުގައި އުޅުއްވާ ފަރާތްތަކާއިއެކު ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްލައްވަން ފުރުސަތު ފަހިވެގެންދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުއެވެ.

ވަޒީރު ވިދާޅުވީ އިއްޔެ، ކުޅުދުއްފުށި ސިޓީގެ ގިނަ ފަރާތްތަކަކާއެކު ބައްދަލުވެ ހިޔާލުބަދަލުކޮށްލަން ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، ރައީސް ޑރ. މުޢިއްއްޒުގެ ސަރުކާރުން، އެސިޓީގެ ތަރައްޤީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ ކަންކަމުގެ މަޢުލޫމާތުވެސް އެފަރާތްތަކާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

މިގޮތުން "ކުޅުދުއްފުށި ބިޒްނަސް ބްރީފް" ގެ ނަމުގައި އިއްޔެ ބޭއްވެވި މި ސެޝަންގައި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކްރިއޭޓިވް އިކޮނޮމީގެ ފުރުޞަތުތަކާއި، ކުރިއަށް އޮތް އެމްއެސްއެމްއީ އެވޯޑްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގެ ވިޔަފާރިވެރިންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޢުލޫމާތު ސެޝަން ކުރިއަށްގެންގޮސްފައިވަނީ ވަޒީރު ސަޢީދު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިލާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނަން ލިބުނު ފުރުޞަތެއް: ސައީދުޚަބަރު | 7 ދުވަސް ކުރިން ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭންނިންމައިފިޚަބަރު | މަހެއް ކުރިންރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 2 މަސް ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިން