logo
ޚަބަރު

ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2025 - 09:04
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ވާހަކައަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދުގެ މި ވިދާޅުވުމާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ވިދާޅުވެ ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ވަނީ ހާމަވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެތަން ބޭރު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން ވެސް ނޫޅޭ ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކަ އާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް،" ސައީދު ލިޔުއްވާފައިވެއެވެ.

ކުރީގެ ރައީސް ޔާމީން ތުހުމަތުކުރެއްވީ މި ސަރުކާރުން "ވިއްކާލަން ނިންމާފައިވާ" ތަންތަނުގެ ލިސްޓުގައި ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ ކަމަށެވެ. އަދި އެއާޕޯޓު "ވިއްކާލަނީ" އިންޑިއާގެ އަދާނީ ގްރޫޕަށް ކަމަށާއި، މިފަހަރު ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރުގައި ބައްދަލުކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަން ހިމެނޭކަން އެނގިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެއެވެ. ނަމަވެސް މިނިސްޓަރު ސައީދު ވާހަކަތަކުން ރައީސް ޔާމީންގެ މި ތުހުމަތުތަކީ ދޮގުކަން ވަނީ އެނގިގެން ގޮސްފައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުންނެވެ. މި މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) އެވެ. މި މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭއިރު، އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. މީގެ އިތުރުން، އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް އެ އެއާޕޯޓު ބޭނުންކުރެވޭނެއެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ބުނެފައިވާ ގޮތުގައި، މި މަޝްރޫއޫގެ %88 ވަނީ ނިމިފައެވެ. މަޝްރޫއު އެއްކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއަކީ އުތުރުގެ ރަށްރަށުގެ އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު އެހީއަކަށް ވެގެންދާނެ މަޝްރޫއެކެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | 16 ދުވަސް ކުރިންހުރިހާކަމެއް ހަމަޖެހިފައި ހުރެމެ އާ ޓާމިނަލް އެމްޑީޕީ ސަރުކާރަށް ނިންމާނުލެވުނީ އިހްލާސްތެރިކަމެއްނެތުމުން: ސައީދުޚަބަރު | 16 ދުވަސް ކުރިންރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި ޚަބަރު | މަހެއް ކުރިންހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 2 މަސް ކުރިން