logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކކުރާކަމަށް ބުނެ ފަތުރަނީ ދޮގު- ސައީދު

ހުސައިން ވަސީމް
21 އޭޕްރީލު 2025 - 12:18
ސަރުކާރު މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކކުރާކަމަށް ބުނެ ފަތުރަނީ ދޮގު- ސައީދު

ސަރުކާރުން ހިންގާ މަޝްރޫއުތައް ސަރުކާރުގެ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަސް އެފަދަ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިފަހުންވެސް ސަރުކަރުން ވަނީ ބައެއް މަޝްރޫއުތައް ހިންގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޓީސީސީ ފެނަކަ ކޯޕަރޭޝަން އާރުދީސީ ހިމެނެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލް އިމާރާތް ކުރުމާއި ސުކޫލް އިމާރާތް ކުރުމާއި ބަނދަރު ހެދުންފަދަ މަޝްރޫއުތައް ހިމެނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުނުކޮށް ަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލު ކުރާތީ އަމިއްލަ ކުންފުނިތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރުގެ މިފަދަ ބޮޑެތި މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ މިފަދަ މަޝްރޫއުތައް އެމަނިކުފާނުގެ ވައުދުފުޅަ އެއްގޮތަށް އަވަހަސް ނިންމާލުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ކުރާ ކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތަކަކީ ހަގގަތާ ހިލާފު ވާހަކަ ތަކެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިފަދަ މައްސަލަތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އާއި އެ ނޫން ވެސް ކަމާ ގުޅުންހުރި ޖަމިއްޔާތަކާ އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. މީގެ އިތުރަށް ކުދި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމީހުންގެ ގާތަށް ގޮސް އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދުޚަބަރު | 16 ދުވަސް ކުރިން އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | މަހެއް ކުރިންހުރިހާކަމެއް ހަމަޖެހިފައި ހުރެމެ އާ ޓާމިނަލް އެމްޑީޕީ ސަރުކާރަށް ނިންމާނުލެވުނީ އިހްލާސްތެރިކަމެއްނެތުމުން: ސައީދުޚަބަރު | މަހެއް ކުރިންހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 2 މަސް ކުރިން