logo
Bank of Maldives

Bank of Maldives

ޚަބަރު

އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް"އެއް ތައާރަފް ކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2025 - 02:23
މާލޭގެ ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ
މާލޭގެ ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ

އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް"އެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހޯމަދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ސަރުކާރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އާންމުންނަށް ފަސޭހައިން ތަކެތި ލިބޭނެ ގޮތްތައް ފަހިކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ ދެ ރަމަޟާން މަހުގައިވެސް އާންމުންނަށް އެކަށީގެންވާ އަގުތަކެއްގައި ކާބޯތަކެތި ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތައާރަފްކުރާ މި އިންޑެކްސްގައި 162 ބާވަތެއްގެ މުދާ ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ 111 އައިޓަމާއި، މޭވާ އަދި ތަރުކާރީގެ 39 ބާވަތާއި، މަހުގެ ބާވަތްތަކުގެ 10 އައިޓަމާއި، ހަކަތައިގެ ބާވަތްތަކުގެ 2 އައިޓަމް ހިމެނެއެވެ.

މި އިންޑެކްސްގައި ހިމެނޭ 35 ބާވަތަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭނެ "ކްރިޓިކަލް އައިޓަމް" ތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި އިންޑެކްސްގެ ޒަރީއާއިން ކޮންމެ މަހެއް ނިމުމުން އަންނަ މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވޭނެއެވެ.

މީގެއިތުރުން، ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކުވެސް ރާއްޖޭގައި ހިންގާ ބޮޑެތި ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް މޮނިޓަރ ކުރަމުންދާ ކަމަށާއި، ވިޔަފާރިތަކަށް ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމާއި، ބީއެމްއެލްގައި ރުޕީ އެކައުންޓްތައް ހުޅުވި، ދިވެހި ރުފިޔާ ސެޓްލްމެންޓް ހެދެން ފެށުމުން ތަކެތީގެ އަގުތަކަށް ލުއިތަކެއް އަންނާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ގަޑިއިރު ކުރިންހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދުޚަބަރު | 12 ދުވަސް ކުރިންއަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެޚަބަރު | 12 ދުވަސް ކުރިންމީސްމީޑިއާގައި މެދުވެރިކޮށް ސައީދަށް މީހަކު ފޮނުވި ސިޓީއަށް ޖަވާބު: އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުންޚަބަރު | 16 ދުވަސް ކުރިން