logo
Bank of Maldives

Bank of Maldives

ޚަބަރު

ތުރުކީން، ރާއްޖެ އަށް 75 ބާވަތަކުން ޑިއުޓީ ކަނޑާލައިފި

އައިޝަތު ނަޝާ
1 އޯގަސްޓު 2026 - 07:54
ތުރުކީން، ރާއްޖެ އަށް 75 ބާވަތަކުން ޑިއުޓީ ކަނޑާލައިފި

ދިވެހި ރާއްޖެ އަށް ތުރުކީން މުދާ އެތެރެކުރުމަށް 75 ބާވަތަކުން ޑިއުޓީ ކަނޑާލާފައިވާ ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ އަށް ސައީދު ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭއާ ތުރުކީއާ ދެމެދުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދު އަމަލު ކުރަން ފެށުމާ އެކު 85 މިލިޔަން މީހުންގެ އާބާދީއަކަށް ރާއްޖޭގެ އުފެއްދުންތައް މިހާރު ބޭރުކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އެގައުމަށް ބޭރު ކުރަން މަގުފަހިވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

ސައީދު ވިދާޅުވީ މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމަކީ ދެގައުމުގެ އިގްތިސާދާއި ވިޔަފާރީގެ ގުޅުންތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ތުރުކީ އަށް މަސް ބޭރުކުރުމަށް އިތުރު ދޮރުތައް ހުޅުވި މަހުގެ ބާވަތްތައް ބޭރުކުރުމުގައި ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، ދެގައުމު ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވާނެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ތުރުކީން މުދާ އެތެކުރުމަށް ފަސޭހަވެ، ލުއި ގޮތްތަކެއް ލިބޭއިރު، ތުރުކީއާ ދެމެދުކުރާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ފަހި ފުރުސަތަކަށް ވެސް ވެގެންދާނެ އެވެ. ރާއްޖެ އިން ވަނީ ޗައިނާއާ ދެމެދު ވެސް މިނިވަން ވިޔަފާރިގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އަދި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ އެންމެ ފަހުގެ މަރުހަލާތައް މިހާރު ކުރިޔަށްދާ ކަމަށް ވެސް ސައީދު ކުރިން ވިދާޅުވި އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | މަހެއް ކުރިންޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | 2 މަސް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 2 މަސް ކުރިން