logo
Bank of Maldives

Bank of Maldives

ޚަބަރު

"އޮތެންޓިކް މޯލްޑިވްސް" ފިހާރައިން ދިވެހި އުފެއްދުންތެރިކަމުގެ ކުރިމަގުފެނޭ: މިނިސްޓަރު ސައީދު

އަޙުމަދު ރިޝާން
23 ޖުލައި 2026 - 06:26
 "އޮތެންޓިކް މޯލްޑިވްސް" ފިހާރައިން ދިވެހި އުފެއްދުންތެރިކަމުގެ ކުރިމަގުފެނޭ: މިނިސްޓަރު ސައީދު

އެއާޕޯޓްގައިހުރި "އޮތެންޓިކް މޯލްޑިވްސް" ފިހާރައިން ދިވެހި އުފެއްދުންތެރިކަމުގެ ކުރިމަގު ފެންނަ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިފަދައިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އަލަށް ތަރައްޤީކޮށްފައިވާ "އޮތެންޓިކް މޯލްޑިވްސް" ފިހާރައަށް،ޒިޔާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މި އައުޓްލެޓަކީ ދިވެހި އުފެއްދުންތަކުގެ ފެންވަރު ދައްކައިދޭ، ޒަމާނީ އަދި ކުރިމަގަށް އަމާޒުކޮށްގެން ފަރުމާ ކޮށްފައިވާ ފުރިހަމަ ރީޓެއިލް ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި އުފެއްދުންތަކަށް ޚާއްޞަކޮށްފައިވާ މި ސަރަޙައްދު ވަނީ 60 އަކަ މީޓަރުން 150 އަކަ މީޓަރަށް ބޮޑުކޮށްފަ އެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގެ އުފެއްދުންތެރި ސިނާޢަތްތައް ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | މަހެއް ކުރިންޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | 2 މަސް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 2 މަސް ކުރިން