logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖެ އަބަދުވެސް ތާއީދުކުރާނެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
15 ނޮވެމްބަރު 2024 - 12:08
ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖެ އަބަދުވެސް ތާއީދުކުރާނެ

މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް، ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް އެފަދައިން ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަން އިއުލާންކުރިތާ 36 އަހަރު ފުރޭ މުނާސަބަތުގައި އެކަމުގެ ތަހުނިޔާ ފޮނުއްވަމުން، އެގައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، މުޙައްމަދު މުޞްޠަފާއަށް ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ. އެގޮތުން އެ މެސެޖުގައި ވަޒީރު ޚަލީލް ވިދާޅުވީ، ފަލަސްތީނުގެ ހައްގުތައް ބައިނަލްއަގުވާމީ މައިދާނުގައި ކުރިއެރުވުމަށްޓަކައި ރާއްޖެއިން އަބަދު ވެސް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މަނިކުފާނަށާއި ފަލަސްޠީނުގެ ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ. ފަލަސްޠީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މިންނެތް މަސައްކަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނޭކަމާއި ފަލަސްޠީނުގެ ޙައްޤުތައް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަޤީންކަން އަރުވަމެވެ، - ޑރ. އަބްދުﷲ ޚަލީލް

އަދި ރާއްޖެ އާއި ފަލަސްތީނުގެ ދެމެދުގައި އޮންނަ އެއްބައިވަންތަކާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، ރާއްޖެއިން އަބަދު ވެސް ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ޚަލީލް ވަނީ ދެއްވާފައެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ،" ވަޒީރު ޚަލީލު ފޮނުއްވި މެސެޖުގައި ވެއެވެ.

ވަޒީރު ޚަލީލުގެ އިތުރުން، ފަލަސްތީނުގެ މިނިވަންކަން އިއުލާންކުރިތާ 36 އަހަރު ފުރޭ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ  ފަލަސްތީނުގެ ރައީސް، މަޙްމޫދު ޢައްބާސް އަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ތަހުނިޔާ ފޮނުއްވާފައެވެ.

އެގޮތުން ރައީސް މުޢިއްޒުގެ މެސެޖުގައި ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

18 މީޑިއާ އަކަށްބަޖެޓުން 28 މިލިއަން ރުފިޔާ ދޫކުރަނީޚަބަރު | 15 ގަޑިއިރު ކުރިންތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާޚަބަރު | 16 ގަޑިއިރު ކުރިންޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފިޚަބަރު | 16 ގަޑިއިރު ކުރިންއަހުންގެ ރަށު، އަފޭންގެ ރަށު، އަހަންނަގެ ރަޓު، އަފުންގެ ރަށި، ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެވިޔަފާރި | 19 ގަޑިއިރު ކުރިން