logoEN
ޚަބަރު

ޕީއެންސީއަށް މެމްބަރުން އިތުރުވަމުންދާ ދިއުމުން ސަރުކާރުގެ ސިޔާސަތުތައް ބަލައިގަންނަކަން ހާމަވޭ- މެމްބަރު އިސްމާއީލް

ހުސައިން ވަސީމްހުސައިން ވަސީމް

15 ނޮވެމްބަރު 2024 - 13:10

ޕީއެންސީއަށް މެމްބަރުން އިތުރުވަމުންދާ ދިއުމުން ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ބަލައިގެންފައިވާ މިންވަރު ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ.

ގްރޭޓާ މާލެ ސަރަހައްދުން އަލަށް ޕީއެންސީއަށް ސޮއި ކުރި ނުވަ ހާހަށްވުރެ ގިނަ މެމްބަރުންގެ ފޯމު ހަވާލުކުރުމަށް ބޭއްވި ހަރަކާތުގައި މެމްބަރު މުހައްމަދު އިސްލާއީލް ވިދާޅުވީ އަމާޒަކީ މިސަރުކާރަށް އެއް އަހަރު ވާއިރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީ ހެދުން ކަމަށް. މިއަދާ ހަމަޔަށް ކުރެވުނު މަސައްކަތުން ރައީސް ބޭނުންވާ ޓާގެޓަށް ހާސިލްވެފައިވާ ކަމަށް އިސްމާއީލް ވިދާޅުވި.

މިދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ގްރޭޓާ މާލެ އޭރިއާއިން އެކަނިވެސް ގާތްގަނޑަކަށް 9000 އަށްވުރެ ގިނަ މެމްބަރުން ޕާޓިއަށް މުޅީން އަލަށް ސޮއިކޮށްފައިވާ ކަމަށް މެމްބަރު ވިދާޅުވި. މިކަމުން މި ދައްކައިދެނީ ރައީސުލްޖުމްހޫޜިއްޔާ ޑރ.މުަހއްމަދު މުއިއްޒުގެ ސަރުކާރާއި އެމަނިކުފާނުގެ ސިޔާސަތުުތައް ރައްޔިތުން ބަލައިގަންނަ މިންވަރު ކަމަށްވެސް އިސްމާއީލް ވިދާޅުވި.

ރައްޔިތުންގެ މިހާބޮޑު ތަރުހީބެއް ލިބެމުން މިދަނީ ރައީސް މުއިއްޒުގެ ލީޑަޝިޕް ރައްޔިތުން ބަލައިގަންނާތީ ކަމަށް މެމްބަރު އިސްމާއީލް ވިދާޅުވި. މިފަހުގެ ތާރީހެއްގައި މިއައި ވެރިކަންތަކުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް އެންމެ ފައިދާ ކުރާ އަދި އިހުލާސްތެރި ކަމާއި އެކު ރައްޔިތުން އެންމެ ބޭނުންވާގޮތަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިއެއްކަން މިއަދު މުޅި ރާއްޖޭގެ ރައްޔިތުންވެސް ބަލައިގަންނަ ކަމަށް.

ޕާޓީއަށް އަލަށް މެމްބަރުން ވަންނަ މުންދާ ދިއުމުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށް މެމްބަރު ވިދާޅުވި.

މެމްބަރު އިސްމާއީލް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމަށް ހަމަޖެހުމާ އަމާންކަމާ އިގްތިސޯދީ ތަނަވަސްކަން ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާ ކަމަށް މެމްވަރު އިސްމާއީލް ވިދާޅުވި އެވެ. އަންނަ އަހަރަށް ލަފާކޮށޤ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުންވެސް އެކަން ވަރަށް ރަނގަޅަށް އިނގޭކަމަށް މެމްބަރު ވިދާޅުވި އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder