ރާއްޖެއާ އަޒަރުބައިޖާން އާއި ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި


15 ނޮވެމްބަރު 2024 - 14:19
ދިވެހިރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އާ ބައްދަލުކުރައްވާ ދިިވެހިރާއްޖެއާއި އަޒަރުބައިޖާންއާ ދެެމެދު އޮތް ގާތް ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަޒަރުބައިޖާންގެ ވެރިރަށް ބާކޫ ގައި ކުރިއަށްދާ ކޮންފެރެންސް އޮފް ދަ ޕާރޓީސް އޮފް ދަ ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ ހަވާސާގައި ބޭއްވި މިބައްދަލުވުމަށްފަހު މުހިއްމު ދެ އެއްބަސްވުމެއްގައި މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި މިނިސްޓަރ ޖޭހޫން ބައިރަމޯލް ސޮއިކުރެއްވި އެވެ.
އެގޮތުން ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ސޮއިކުރެއްވުނު އެެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންކުރައްވާ ފަރާތްތަކަށް ވިސާ އާއި ނުލައި އަޒަރުބައިޖާން އެތެރެވުމާއި، ޓްރާންސިޓް ވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެގައުމުގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މި އެއްބަސްވުމަކީ ހުރިހާ ދިވެހިރައްޔިތުންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ހާރިޖީ ވުޒާރާއިން ބުނެއވެ. އަދި މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންދިއުމަށްވެސް އެއްބަސްވެވުނެވެ.
މީގެއިތުރުން، ސޮއިކުރެއްވި އަނެއް އެއްބަސްވުމަކީ އިޤްތިޞާދީ، ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ޤައުމަށްވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރާއިއެކު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މުހިންމުކަމާއި، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ސަގާފީ ގުޅުންތަކުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައިވެސް ދެޤައުމަށް ފައިދާވަނިވި މައްސަލަތަކުގައި ދިވެހިރާއްޖެއިން އަޒަރުބައިޖާންއާއިއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
އިތުރު ލިޔުންތައް

Maldives to Advocate for Palestinian Rights at OIC Conference
10 މަސް ކުރިން
Maldives Issues Cautionary Alert Amid UK Protest Surge
10 މަސް ކުރިން
Foreign Minister Moosa Zameer Promotes Stronger Ties with Bahrain
10 މަސް ކުރިން