ފަލަސްތީނަށް އެހީވުމަށް ހިންގުނު ޓެލެތޯނުން 1.2 މިލިއަން ޑޮލަރު އަންރުއާ އާ ހަވާލުކޮށްފި


20 އޯގަސްޓު 2024 - 08:21
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ފަލަސްތީނަށް އެހީވުމަށް ހިންގުނު ޓެލެތޯންގައި ޖަމާވި ފައިސާ އަންރުއާ އަށް ދިވެހި ސަރުކާރުން ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށްދެމުން މިއަދު ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ފައިސާ ޖަމާކޮށްދީފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިދިޔަ މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާއި ހަވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. މި ފައިސާ ފޮނުވާފައިވަނީ ޑޮލަރުންނެވެ. އެއީ ޖުމްލަ 1.2 މިލިއަން އެމެރިކާ ޑޮލަރެވެ.
އިއްޔެ ބައެއް ފަރާތްތަކުން ފެތުރި، ފައިސާ ނުފޮނުވާ ކަމަށް ބުނެ ދެއްކި ވާހަކަތައް ވެސް ސަރުކާރުން މިއަދު ވަނީ ދޮގުކޮށްފައެވެ. މި ފައިސާ ވަނީ އަންރުއާގެ އެކައުންޓަށް ޖަމާކޮށްދީފައި ކަމަށް ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފައިވެއެވެ.
މި ޓެލެތޯނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ހާލަތަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު ޚާއްޞަ ޓެލެތޯނެކެވެ.
މި ފައިސާ އަންރުއާ އާ ހަވާލުކުރުމާއެކު، ދިވެހި ރައްޔިތުންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

Maldives to Advocate for Palestinian Rights at OIC Conference
10 މަސް ކުރިން
Maldives Issues Cautionary Alert Amid UK Protest Surge
10 މަސް ކުރިން
Foreign Minister Moosa Zameer Promotes Stronger Ties with Bahrain
10 މަސް ކުރިން