logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާ ނޭޝަންސް ލީގު: ކްރޮއޭޝިއާ ބަލިވިއިރު ޗެންޕިއަން ސްޕެއިން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
16 ނޮވެމްބަރު 2024 - 04:56
ގޯލް ޖެހުމަށްފަހު އަޔޯޒް ޕެރޭޒް ބައޭނާ އާއެކު އުފާފާޅުކުރަނީ. ފޮޓޯ.: ސްޕެއިން ޤައުމީ ޓީމު
ގޯލް ޖެހުމަށްފަހު އަޔޯޒް ޕެރޭޒް ބައޭނާ އާއެކު އުފާފާޅުކުރަނީ. ފޮޓޯ.: ސްޕެއިން ޤައުމީ ޓީމު

ޔުއޭފާ ނޭޝަންސް ލީގުގައި މި ދިޔައަހަރުގެ ރިހި މެޑަލް ހޯދި ކްރޮއޭޝިއާ ސްކޮޓްލޭންޑް އަތުން ބަލިވެއްޖެއެވެ. ރޭގައި ރަތްކާޑުގެ ސަބަބުން އެކަކު މަދުކޮށް ދެވަނަހާފް ކުޅެންޖެހުނު ކްރޮއޭޝިއާ މި މެޗުން ބަލިވީ 0-1 އިންނެވެ. ސްކޮޓްލޭންޑް ރޭގެ މެޗުން މޮޅުވުމުން އެޓީމުވަނީ މުބާރާތުން ރެލިގޭޓްވުން ހުއްޓުވުމަށް އެއްފިޔަވަޅު ކުރިޔަށް ޖެހިލާފައެވެ. އަދި ރޭގެ މެޗުން ކްރޮއޭޝިޔާ ބަލިވި ނަމަވެސް އެޓީމުވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭގައި ކުޅެވުނު ފާހަގަކޮށްލެވޭ ދެވަނަ މެޗަކީ ނިމިދިޔަ އަހަރުގެ ޗެންޕިއަން ސްޕެއިން އާއި ޑެންމާކު ބައްދަލުކުރިމެޗެވެ. މި މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-2 އިންނެވެ. މެޗުގެ ސްޕެއިންގެ ގޯލުތައް ޖަހައިދިނީ ރެއާލް ސޮސިޑޭޑް ގެ އޮޔަޒަބާލް އާއި ވިލަރެއާލްގެ އަޔޯޒް ޕެރޭޒް އެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ސްޕެއިން ބަލިވެފައެއް ނުވެއެވެ. އަދި މި ގްރޫޕް ގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސްޕެއިން އިން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕް އިން ކުއާޓަރ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޑެންމާކާއި ސާބިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގެ ކުއާޓަރ ފައިނަލް ގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫރަޕިއަން ޗެންޕިއަނުން ކޮލިފިކޭޝަންގައި ތުރުކިޔޭ އާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނައިގައި ވޯލްޑްކަޕަށްކުޅިވަރު | 13 ދުވަސް ކުރިންޖޯޖިއާ ބަލިކޮށް ސްޕެއިނުން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 16 ދުވަސް ކުރިން އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 21 ދުވަސް ކުރިންޔަމާލްގެ ވާހަކަތަކާގުޅިގެން ސްޕެއިން ޓީމުތެރޭގައި މައްސަލަތަކެއް، އެއްބަޔަކު އަނެއްބަޔަކާ އަން ފޮލޯ ކުރަން ފަށައިފިކުޅިވަރު | މަހެއް ކުރިން