logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްޕެއިން ފީފާ ރޭންކިންގ އެއްވަނައަށް

އަބްދުﷲ ޣާނިމް
18 ސެޕްޓެމްބަރު 2025 - 10:03
ސްޕެއިން ފީފާ ރޭންކިންގ އެއްވަނައަށް

ފީފާ ވޯލްޑް ރޭންކިންގގެ އެއްވަނަ އަށް ސްޕެއިން އަނބުރާ އައިސްފިއެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ސްޕެއިން މި މަގާމު ހޯދި ފުރަތަމަ ފަހަރެވެ. މި ވަގުތު ދެވަނައިގައި ވަނީ ފްރާންސް އެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން އެއްވަނައިގައި ހުރި އާޖެންޓީނާ ވަނީ ތިންވަނައަށް ވެއްޓިފައެވެ.

ލުއިސް ޑި ލަ ފުއެންޓޭގެ ކޯޗުކަމުގެ ދަށުން ސްޕެއިން ވަނީ ފުޓްބޯޅަ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރެއިން އެއް ޓީމުގެ ގޮތުގައި އަލުން ސާބިތުކޮށްދީފައެވެ. މީގެ ތެރޭގައި ޔޫރޯ 2024 ގެ ޗެމްޕިއަންކަމާއި، ނޭޝަންސް ލީގް 2022-23 ގެ ޗެމްޕިއަންކަން ހިމެނެއެވެ. އަދި 2024-25 ގެ ނޭޝަންސް ލީގްގައި ފައިނަލުން ވަނީ ދެވަނަ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ބަލްގޭރިއާ އާއި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވަރުގަދަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މިއާއެކު ޑި ލަ ފުއެންޓޭގެ ކޯޗުކަމުގެ ދަށުން 26 ވަނަ މެޗު ކާމިޔާބުކުރި އެވެ. އޭނާގެ ދަށުން މިހާތަނަށް ދެ މެޗު ބަލިވެ، ހަ މެޗު އެއްވަރުވެފައިވެއެވެ.

މި ކާމިޔާބީތަކާއެކު، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައިވެސް ފޭވަރިޓަަކަށް ސްޕެއިން ވަނީ ވެގެން ގޮސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޯޖިއާ ބަލިކޮށް ސްޕެއިނުން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 44 މިނިޓު ކުރިން އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 5 ދުވަސް ކުރިންޔަމާލްގެ ވާހަކަތަކާގުޅިގެން ސްޕެއިން ޓީމުތެރޭގައި މައްސަލަތަކެއް، އެއްބަޔަކު އަނެއްބަޔަކާ އަން ފޮލޯ ކުރަން ފަށައިފިކުޅިވަރު | 19 ދުވަސް ކުރިންސްޕެއިން ފީފާ ރޭންކިންގ އެއްވަނައަށް ކުޅިވަރު | 2 މަސް ކުރިން