logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރަޕިއަން ޗެންޕިއަނުން ކޮލިފިކޭޝަންގައި ތުރުކިޔޭ އާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނައިގައި ވޯލްޑްކަޕަށް

އަބްދުﷲ ޣާނިމް
19 ނޮވެމްބަރު 2025 - 05:38
ޔޫރަޕިއަން ޗެންޕިއަނުން ކޮލިފިކޭޝަންގައި ތުރުކިޔޭ އާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނައިގައި ވޯލްޑްކަޕަށް

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުން އެ ޓީމުގެ ބަލިނުވުމުގެ ރެކޯޑް ދަމަހަޢްޓައި ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އީގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. އެގޮތުން ރޭގައި ތުރުކިޔޭ އާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. މި ނަތީޖާއާއެކު ސްޕެއިނަށް ގްރޫޕުގެ އެއްވަނަ ލިބުނީ ތިން ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ސެވިލްގައި ރޭ ކުޅުނު މި މެޗުގެ ކުރިންވެސް، އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ސްޕެއިން ގާތްގަނޑަކަށް ކޮލިފައިވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަތަރު ވަނަ މިނެޓުގައި ޑެނީ އޮލްމޯ ވަނީ ފުރަތަމަ ލަނޑު ޖަހައި ސްޕެއިންއަށް ލީޑު ނަގާދީފައެވެ. ރޭގެ މެޗުގައި ތުރުކީގެ ގޯލްކީޕަރު އަލްތާޔް ބަޔިންދިރް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި، ސެޓްޕީހަކުން ހެދުނު މިސްޓޭކްގެ ފައިދާ ނަގައިގެން ދެނިޒް ގުލް ވަނީ ތުރުކީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިތަނާހެން ތުރުކީން ލީޑު ނެގިއިރު،އޭގެ ހަ މިނެޓު ފަހުން މިކެލް އޮޔަރޒަބަލް ވަނީ ލަނޑެއް ޖަހައި ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު، ސްޕެއިނަށް މިހާރު ވަނީ އެންމެ ފަހުން ކުޅުނު 31 މެޗުން ބަލިނުވުމުގެ ރެކޯޑް ދަމަހަށްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | 12 ދުވަސް ކުރިން ޖަރުމަނު ބަލިކޮށް ސްޕެއިނުން ނޭޝަންސް ލީގު ކާމިޔާބުކޮށްފިކުޅިވަރު | 4 މަސް ކުރިންޔޫރަޕިއަން ޗެންޕިއަނުން ކޮލިފިކޭޝަންގައި ތުރުކިޔޭ އާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނައިގައި ވޯލްޑްކަޕަށްކުޅިވަރު | 4 މަސް ކުރިންޖޯޖިއާ ބަލިކޮށް ސްޕެއިނުން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 4 މަސް ކުރިން