logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ސަލާޙު ނެތި 10 ކުޅުންތެރިންނާދެކޮޅަށް އަމިއްލަ ޤައުމުގައި ސްޕެއިން އިޖިޕްޓް އާއި އެއްވަރުވެއްޖެ

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2026 - 02:53
ސަލާޙު ނެތި 10 ކުޅުންތެރިންނާދެކޮޅަށް އަމިއްލަ ޤައުމުގައި ސްޕެއިން އިޖިޕްޓް އާއި އެއްވަރުވެއްޖެ

މާރިޗު މަހުގެ ބައިނަލްއަޤްވާމީ ބްރޭކްގައި ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި، ސްޕެއިން އަމިއްލަ ދަނޑުގައި މިޞްރާ ބައްދަލުކޮށް 0-0 އިން އެއްވަރުވެއްޖެއެވެ. މި މެޗު މިޞްރުން ނިންމާލީ އެޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާ ގުޅިގެން 10 ކުޅުންތެރިންނާއެކުގައެވެ.

ވޭތުވެދިޔަ ހުކުރު ދުވަހު ސާބިއާ އަތުން 3-0 އިން މޮޅުވި ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭއަށް މި މެޗުގެ ނަތީޖާއާއެކު ވަނީ މާޔޫސްކަމެއް ކުރިމަތިވެފައެވެ. އެސްޕަންޔޯލްގެ އާރް.ސީ.ޑީ.އީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއަށް ލިބުނު ގިނަ ފުރުޞަތުތަކެއް ވަނީ ބޭކާރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 15 ވަނަ މިނެޓުގައި ސްޕެއިންގެ ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ މިޞްރުގެ ކީޕަރު މުޞްޠަފާ ޝުބޭރު ދިފާޢުކުރިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ފެރާން ޓޮރޭޒް ފޮނުވާލި ބޯޅަ މިޞްރުގެ މުހަންނަދު ލަޝީން ވަނީ ހުށިޔާރުކަމާއެކު ބްލޮކްކޮށްފައެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި މިޞްރުގެ އުމަރު މާމޫޝް ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ސްޕެއިން ވަނީ ސަލާމަތްވެފައެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބާސެލޯނާގެ ފާމިން ލޮޕޭޒްއަށް ލިބުނު ރަނގަޅު ފުރުޞަތެއްވެސް ކީޕަރު ޝުބޭރު ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ޕެޑްރީ، ފެރާން ޓޮރޭޒް އަދި ބޯހާ އިގްލެސިއަސްއަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންވެސް ސްޕެއިންއަށް ހިފޭގޮތެއް ނުވިއެވެ. މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް މިޞްރުގެ ހަމްދީ ފަތުހީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.

މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސްޕެއިންއިން 26 ހަމަލާ އުފެއްދިއިރު، މުޅި މެޗުގައި މުހިންމު 6 ސޭވްކުރި ކީޕަރު ޝުބޭރު ވަނީ ސްޕެއިންގެ ހުރިހާ ހަމަލާތަކެއް ހުއްޓުވާފައެވެ.

މިއީ މިޞްރަށް ލިބުނު ތާރީޚީ ނަތީޖާއެކެވެ. ސްޕެއިންއިން މީގެ ކުރިން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު 16 މެޗުގެ ތެރެއިން 12 މެޗުން ވަނީ މޮޅުވެފައެވެ. ނަމަވެސް ރޭގެ މެޗުގައި ޝުބޭރު ދެއްކި މޮޅު ކުޅުމާއެކު މިޞްރުން ވަނީ ޔޫރަޕްގެ ގަދަބާރު ހިފަހައްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަލާޙު ނެތި 10 ކުޅުންތެރިންނާދެކޮޅަށް އަމިއްލަ ޤައުމުގައި ސްޕެއިން އިޖިޕްޓް އާއި އެއްވަރުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފިކުޅިވަރު | ދުވަހެއް ކުރިންސާބިއާ ފަސޭހަކަމާއެކު ބަލިކޮށް ސްޕެއިނުން ވޯލްޑްކަޕްގައި ބައިވެރިވާ އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއެްކުޅިވަރު | 4 ދުވަސް ކުރިންމެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | 17 ދުވަސް ކުރިން