logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑްކަޕް ތާރީޚުގައި ކުޅުނު އެންމެ ކުޑަ އެއް ޤައުމާއި ދެކޮޅަށް ޔޫރަޕުގެ ޗެންޕިއަން އެއްވަރުވެއްޖެ

އަބްދުﷲ ޣާނިމް
16 ޖޫން 2026 - 04:57
ވޯލްޑްކަޕް ތާރީޚުގައި ކުޅުނު އެންމެ ކުޑަ އެއް ޤައުމާއި ދެކޮޅަށް ޔޫރަޕުގެ ޗެންޕިއަން އެއްވަރުވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވަރުގަދަ ސްޕެއިން އާއި އަލަށް ވާދަކުރާ ކާބޯ ވާޑް އާއި ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، މުބާރާތުގެ ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ. މި މެޗަކީ މިފަހަރުގެ މުބާރާތުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. މީގެ އިތުރުން ކާބޯ ވާޑް އަކީ ވޯލޑްކަޕްގެ ތާރީޚުގައި މިހާތަނަށް ކުޅުނު އެންމެ ކުޑަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

ލުއިސް ޑި ލަ ފުއެންޓޭގެ ތަރިންނުން ފުރިގެންވާ ސްޕެއިން ޓީމުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް، 5 ލައްކައެއްހާ އާބާދީއެއް އޮންނަ ކޭޕް ވާޑުން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެ ސްޕެއިންގެ ހަމަލާތައް ހުއްޓުވާފައެވެ. ގްރޫޕް އެޗްގައި ހިމެނޭ ކޭޕް ވާޑުން މި ހޯދި ނަތީޖާއަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭނެ ބޮޑު ކާމިޔާބީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގެ ކޯޗު ވަނީ ދެވަނަ ހާފުގައި ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސް ކުޅެން އަރުވައިގެން މެޗުގެ ނަތީޖާ ބަދަލުކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ ހިތްވަރާއެކު ސްޕެއިންގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މެޗުގެ ފަހު ބަދަލެއްގެ ގޮތުން ފެރާން ޓޮރޭޒްގެ ބަދަލުގައި ޑެނީ އޮލްމޯ ވެސް ކުޅެން އެރިއެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ކޭޕް ވާޑަށް ތާރީޚީ މޮޅެއް ހޯދުމުގެ ރަން ފުރުސަތެއް ލިބުނެވެ. އެގޮތުން ޑިނޭ ބޯޖެސް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އުމުރުން 40 އަހަރުގެ ކީޕަރު ވޮޒީނިއާ އެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މިފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާއެކު އާ ފޯމެޓަކަށް ބާއްވާ ފުރަތަމަ މުބާރާތެވެ. ޖުމްލަ 12 ގްރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު، ސްޕެއިން ހިމެނޭ ގްރޫޕް އެޗްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ އެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ހޮވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕް ތާރީޚުގައި ކުޅުނު އެންމެ ކުޑަ އެއް ޤައުމާއި ދެކޮޅަށް ޔޫރަޕުގެ ޗެންޕިއަން އެއްވަރުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންފަޓާސްބަރިއެއްހެން ރަތްކާޑުތަކާއެކު ގިނަބަޔަކު އިންތިޒާރުކުރަމުންގެންދިޔަ ވޯލްޑްކަޕް ފަށައިފިކުޅިވަރު | 4 ދުވަސް ކުރިންމުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 5 ދުވަސް ކުރިންވޯލްޑްކަޕާއި ދިމާކޮށް ފީފާއިން ފުޓްބޯޅައިގެ ޤަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއްކުޅިވަރު | 12 ދުވަސް ކުރިން