logo
MPL

MPL

ކުޅިވަރު

ޖަރުމަނު ބަލިކޮށް ސްޕެއިނުން ނޭޝަންސް ލީގު ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
3 ޑިސެމްބަރު 2025 - 05:52
 ޖަރުމަނު ބަލިކޮށް ސްޕެއިނުން ނޭޝަންސް ލީގު ކާމިޔާބުކޮށްފި

މެޑްރިޑްގައި ކުޅުނު ނޭޝަންސް ލީގުގެ ފައިނަލްގައި ޖަރުމަނު އަންހެން ޓީމުގެ މައްޗަށް ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ، އެ ޓީމުން ވަނީ ދެވަނަ ފަހަރަށް ނޭޝަންސް ލީގުގެ ތަށި އުފުލާލާފައެވެ.

މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި، ސްޕެއިންގެ ޒުވާން ކުޅުންތެރިންގެ ޓީމުން ވަނީ މެޗުގެ ކުރީކޮޅު ކޮންޓްރޯލް ނަގާފައެވެ. ޕީނާ އާއި ވިކީ ލޯޕޭޒްގެ ހުނަރުވެރި ކުޅުމާއެކު، މެޗުގެ ފުރަތަމަ މިނިޓްތަކުގައި ވެސް ސްޕެއިންއަށް ވަނީ ގިނަ ހުސް ފުރުސަތުތަކެއް ތަނަވަސްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ ދެވަނަ ހާފް ފެށުމަށް ފަހުގައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕީނާ ވަނީ ވަރުގަދަ ހަމަލާއަކުން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބު ކުރި ހަވަނަ ގޯލެވެ. ދެވަނަ ގޯލު އޭގެ 7 މިނެޓުފަހުން ވިކޯ ލޮޕޭޒް ކާމިޔާބުކުރިއިރު، ސްޕެއިންގެ ތިންވަނަ ގޯލަކީވެސް ޕީނާ ޖެހި ގޯލެކެވެ.

މިކާމިޔާބީއާއެކު ސްޕެއިންގެ ޓީމުން ވަނީ ނޭޝަންސް ލީގުގެ ފުރަތަމަ ދެ މުބާރާތް ކަށަވަރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ މޮޅުކުޅުމާއެކު ވޯލްޑް ޗެންޕިއަން ސްޕެއިނުން 90 މިނެޓުގައި ބަލިނުވެ 40 މެޗު ހަމަކޮށްފިކުޅިވަރު | މަހެއް ކުރިންއަމިއްލަ ދަނޑުގައި އިނގިރޭސީން ބަލިކޮށް ވޯލްޑް ޗެމްޕިއަން ސްޕެއިން ނޭޝަންސް ލީގު ވަރުގަދަކޮށް ފަށައިފިކުޅިވަރު | މަހެއް ކުރިންޔަމާލްގެ މޮޅުކުޅުމާއެކު ފަސޭހަކާމާއެކު ސަޢޫދީ ބަލިކޮށް ސްޕޭން ވޯލްޑްކަޕްގެ ފުރަތަމަ މޮޅުހޯދައިފިކުޅިވަރު | 4 މަސް ކުރިންވޯލްޑްކަޕް ތާރީޚުގައި ކުޅުނު އެންމެ ކުޑަ އެއް ޤައުމާއި ދެކޮޅަށް ޔޫރަޕުގެ ޗެންޕިއަން އެއްވަރުވެއްޖެކުޅިވަރު | 4 މަސް ކުރިން