ސަރުކާރުގެ "ހަފުތާ 52" ގެ ކާމިޔާބީތަކާގުޅިގެން މިއަދު ހުޅުމާލޭގައި އާއިލީ ހަވީރެއް

16 ނޮވެމްބަރު 2024 - 08:14

ހަފްތާ 52 ގެ ކާމިޔާބީތަކާ ގުޅިގެން މިއަދު ހު ޚާއްޞަ ޢާއިލީ ހަވީރެއް ބޭއްވުމަށް ނިންމާފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފިއެވެ.
"ބަދަހި ޢާއިލާ - އުފާވެރި މުޖުތަމަޢު"، މި ޝިޢާރުގެ ދަށުން ބާއްވާ މި ޚާއްޞަ ޢާއިލީ ހަވީރުގެ މަޤްޞަދަކީ ޢާއިލީ މާޙައުލެއްގައި، މި ވުޒާރާއިން ފާއިތުވި އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން ހާޞިލުކުރެވުނު ކާމިޔާބީތައް ރައްޔިތުންނާއި ހިއްސާކުރުންކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުންޏެވެ.

Ad by Hajj Corporation
މި ހަވީރުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން، އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި، އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަވީރު ކުރިއަށްދާނީ 16 ނޮވެމްބަރުގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ޢާއިލީ ހަވީރުގައި ކުރިއަށް ދާނެއެވެ.
މި ޢާއިލީ ހަވީރު ބޭއްވުމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީންއާއި އެކު އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ.
އޭގެ އިތުރުން، އުރީދޫއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓއްރޭޝަން އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންވެސް މި ހަވީރުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.