logo
Bank of Maldives

Bank of Maldives

ޚަބަރު

"ގައުމެއްގެ އިޖުތިމާޢީ ރައްކާތެރިކަމުގައި އެންމެ މުހިންމީ އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިވުން"

އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް. ވިދާޅުވީ، އެ ގައުމެއްގައި އުޅޭ ނިކަމެތިންނަށް އެހީތެރިވުމަކީ އެންމެ މުހިންމު ކަންދޭންޖެހޭ ކަންކަމަށް
އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް. ވިދާޅުވީ، އެ ގައުމެއްގައި އުޅޭ ނިކަމެތިންނަށް އެހީތެރިވުމަކީ އެންމެ މުހިންމު ކަންދޭންޖެހޭ ކަންކަމަށް

 

ޤައުމެއްގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ އެންމެ މުހިއްމު ކަމަކީ، އެގައުމެއްގައި އުޅޭ ނިކަމެތި އަދި އަޅާލުންތެރިކަން ބޭނުންވާ ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ވީ އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް އޭގައި ހިމެނިގެންދާ ހުރިހާ އެންމެން އާއިލާއަކަށް އަމާޒުކުރެވިގެން ގެނެވިގެންދާ ބަދަލެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި، ނާޒުކު ޙާލަތުގައި ދިރިއުޅޭ މީހުން. އެކަނިވެރި މައިންގެ އެލަވަންސްގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރި ކަމަށާއި އެކަމުގައި ކުރެވުނު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ވެދެއްވިދާނެ އެހީއެއްގެ ގޮތުގައި އެލަވަންސް ބޮޑުކޮށްދިނުމަށް ރައްޔިތުން ހުށަހެޅި ކަމަށެވެ.

މީގެއިތުރުން މި ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކޮށްދިންއިރު، މީގެ ކުރިން ދެމުން ގެންދިޔައީ އެންމެ 1،000 ރުފިޔާ ކަމަށާއި އެގޮތުން އެ އަދަދުގައި އެ އެލަވަންސް ދެމުން ގެންދާތާ މިހާރު 15 އަހަރުވެއްޖެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އަދި މިއަދު އަޅުގަނޑުމެންގެ ދިރިއުޅމުގެ ހާލަތު ހުރީ ވަރަށް މަތީގައިކަން އެންމެން ވެސް ދަންނަ ކަމަށާއި ހަމައެއާ އެކީގައި އާއްމު ރައްޔިތުންގެ ތެރޭގައި ދިރިއުޅުމުގައި ވަރަށް ދަތިކޮށް އުޅޭ ބައިވަރު މީހުން ވެސް އެބައުޅޭކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް ދޭ އެލަވަނަސް ބޮޑުކޮށް ދެއްވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެލަވަންސް ލިބޭ އާއިލާތަކާއެކު ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެ ވުޒާރާއިން މަސައްކަތްކުރާ ކަމަށާއި އާއިލާތަކުގައި ވަޒީފާ ނެތް މީހަކު ހުރިނަމަ ވަޒީފާ ހޯދައިިދިނުމާއި، އެހެނިހެން އިދާރާތަކާ ގުޅުންހުރި ކަންކަމުގައި އެ އިދާރާތަކާއެކު މަސައްކަތް ވެސް ކުރެވިގެންދާކަމަށެވެ.

މީގެ އިތުރުން އެކަނިވެރިމައިންގެ އެލަވަނަސް ލިބެނީ ކޮންމެހެން ވެސް އެ ފައިސާ ލިބެން ޖެހޭ ފަރާތްތޯ ވެސް އެންސްޕާ ފަދަ ތަންތަނުން ކަށަވަރުކުރަމުން ގެންދާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"މި ފައިސާ އެފަރާތްތަކަށް ލިބޭއިރު އެންސްޕާ އާއި މިތަންތަނުން ވަރަށް ބޮޑަށް އެބަ ގާއިމުކުރައްވާ މި ލިބިގެންދަނީ ހަމަ ލިބެންވާ މީހުންނަށްކަން. އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލުވާ ހިނދު، އެކަންތައް ތަފާތުވެގެން ދާކަން." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވި އެވެ.

ޤައުމެއްގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ އެންމެ މުހިއްމު ކަމަކީ، އެގައުމެއްގައި އުޅޭ ނިކަމެތި އަދި އަޅާލުންތެރިކަން ބޭނުންވާ ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި ނާޒުކު ހާލަތުގައި ދިރިއުޅޭ މީހަކަށް އެހީތެރިކަމެއް ނުދެވިއްޖެ ނަމަ، މުޅި މުޖުތަމައަށް ގެއްލުމުގެ އަސަރު ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ކުދިން ތަޢުލީމުން މަޙްރޫމުވުމާއި ޞިއްޙީ ގޮތުން ކުރިމަތިވާ ގެއްލުންތައް ވެސް ހިމެނޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ގައުމެއްގެ އިޖުތިމާޢީ ރައްކާތެރިކަމުގައި އެންމެ މުހިންމީ އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިވުން"ޚަބަރު | 20 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 11 ދުވަސް ކުރިންލިބުނު ހިތްދަތިކަމަށް ތަސައްލީއެއް: ވަޒީރާއެކު އުފާވެރި ވަގުތުކޮޅެއްޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14566 މީހުން ޚަބަރު | 5 މަސް ކުރިން