ޔުއޭފާ ނޭޝަންސް ލީގު: ލަނޑު ގޯންޏަކާއެކު ޖަރުމަން ކުއާޓަރ ފައިނަލަށް
ޖަރުމަނު އޮތީ ގްރޫޕް އޮފް ޑެތް ގެ އެއްވަނައިގައި. ފޮޓޯ: ޖަރުމަން ނޭޝަނަލް ޓީމް
17 ނޮވެމްބަރު 2024 - 13:30
ޔުއޭފާ ނޭޝަންސް ލީގުގައި ބޮސްނިއާ ކޮޅަށް ޖަރުމަނުޓީމުން ގޯލު ފުންޖެއް ޖަހައިފިއެވެ. ނިމިދިޔަ ޔޫރޯގެ ރިހި މެޑަލް ހޯދި ޖަރުމަނު ޓީމުން ވަނީ މި މޮޅާއެކު ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މެޗުގައި މުސިއާލާ އާއި ހަވަރޓްޒް އަދި ސާނޭ ކޮންމެ ކުޅުންތެރިޔެއް އެއް ގޯލު ޖެހިއިރު މި އަހަރުގައި ޖަރުމަނު ޓީމަށް އަލަށް ކުޅެންފެށި ކްލަޔެންޑިންސްޓް އަދި ޒުވާން ކުޅުންތެރިޔާ ވަރޓްޒް ވަނީ ވަނީ ކޮންމެ ކުޅުންތެރިޔެއް 2 ގޯލު ޖަހާފައެވެ.
މި މޮޅާއެކު ގްރޫޕް އޮފް ޑެތް ގެ ގޮތުގައި ބެލެވުނު ގްރޫޕް 3 އެއްގެ ދެވަނަ އަށް އޮތް ހޮލެންޑުގެ މައްޗަށް ޖަރުމަނުން ވަނީ 5 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.
މި މުބާރާތުގުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި މިމަހުގެ 20 ވަނަ ދުވަހު ޖަރުމަނު ދެން ނިކުންނާނީ ހަންގޭރީ އާއި ދެކޮޅަށެވެ.އަދި މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ މެޗުތައް އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ކުޅެވޭނެއެވެ.