ޔުއެފާ ނޭޝަން ލީގު: ސްޕެއިންއަށް ޑެންމާކު ބަލިކުރެވުނީ ކިރިޔާ

.jpg&w=3840&q=75)
13 އޮކްޓޯބަރު 2024 - 13:32
ޔުއެފާ ނޭޝަންސް ލީގު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން އިން ހަނިގޮތަކަށް މޮޅު ވެއްޖެއެވެ.
ރޭ އެ މުބާރާތުގެ ލީގު އޭގެ ގުރޫޕް ހަތަރެއްގައި ކުޅުނު މެޗުން ސްޕެއިން މޮޅުވީ އެއް ލަނޑު، ސުން ލަނޑުންނެވެ. އެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު ސްޕެއިންގެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ޒުބިމެންޑީއެވެ. އޭނާ އެ ގޯލު ޖެހީ އެ މެޗުގެ 79 ވަނަ މިނެޓުގައެވެ.
އެ މެޗުގައި ސްޕެއިން އިން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ޙަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޙަމަލާތައް ޑެންމާކުގެ ހުނަރުވެރި ގޯލު ކީޕަރު ކެޝްޕާ ޝްމައިކަލް ވަނީ މަތަކޮށްފައެވެ. އެގޮތުން އެ މެޗުގައި ސްޕެއިންގެ ފޯވާޑް، އަލްވާރޯ މޮރާޓާއަށް ގިނަ ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފައެވެ.
އެ ނަތީޖާއާއެކު އެ ގްރޫޕުގެ އެއްވަނައިގައި ސްޕެއިން އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުއެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފައެވެ. ދެ ވަނައިގައި ޑެންމާކު އޮތީ ހަ ޕޮއިންޓް ލިބިގެންނެވެ.
އިތުރު ލިޔުންތައް

ޔުއެފާ ނޭޝަން ލީގު: ގްރީސް އަށް ތާރީޚީ މޮޅެއް، ބެލްޖިއަމް އާއި އިޓަލީ އެއްވަރު
6 މަސް ކުރިން
ޔުއެފާ ނޭޝަންސް ލީގު: ވެންޑައިކުގެ ރަތާއެކު، ހަންގޭރީ އަތުން ނެދަލޭންޑްސް އެއްވަރުވެއްޖެ
6 މަސް ކުރިން
ޔުއެފާ ނޭޝަންސް ލީގު: ޖަރުމަނާއި ތުރުކީ އަށް އުނދަގޫ މޮޅެއް، ސްވެޑެން އަދި ވޭލްސް އެއްވަރު
6 މަސް ކުރިން