ސީޓު އެއަރ ކާގޯ ހިދުމަތުން 3 މިލިޔަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ


17 ނޮވެމްބަރު 2024 - 13:47
"ސީޓު އެއަރ ކާގޯ" ގެ ޚިދުމަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ ޑޮލަރ އިގުތިސާދަށް ވަދެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ ވަޖީހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު، ފެށްޓެވި މަސައްކަތް ޕުޅުތަކުގެ ތެރޭ ހިމެނޭ "ސީޓު އެއަރ ކާގޯ" ގެ ޚިދުމަތް ވަރަށް ބާރަށް ފުޅާ ވަމުން ދާކަމަށެވެ. އެގޮތުން މިއަހަރުގެ މެއި މަހު ފެށުނު މިމަސައްކަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރ ވަނީ ރާއްޖޭގެ އިގުތިސާދުގެ ތެރެ އަށް ވަދެފައިކަން ވަޖީހު ފާހަގަކުރެއްވިއެވެ.
އެހެން ކަމުން މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑު މަންފާއެއް ކުރާނެ ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ވަމުން އަންނަކަމަށާއި ހިސާބުތައް ދައްކާގޮތުން މިހާތަނަށްކަޑުމަގުން ރާއްޖެ އައި 210 ކޮންޓެއިނަރުން ދިހަ މިލިޔަން އަށްހާސް ކިލޯގެ މުދާ ވަނީ ދުނިޔޭގެ އެކި ގައުމު ތަކަށް ވައިގެ މަގުން ފޮނުވިފައިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މިމުދާ ރާއްޖެ އިން ބޭރަށް ގެންދިއުމުގައި 9 އެއަރ ލައިނަރ އަކުން ބައިވެރި ވާކަމަށާއި މުދާ ފޮނުވޭ ގައުމު ތަކުގެ ތެރޭ، އެމެރިކާ، ކެނެޑާ، އިގިރޭސި ވިލާތް އަދި ޔޫރަޕުގެ ގައުމު ތައް ހިމެނޭކަމަށް ވަޖީހު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ބަންކަރިންގެ ހިދުމަތްދޭ އިމާރާތް ހުޅުވާ، އަންނަ ބުރާސްފަތި ދުވަހު ހިދުމަތްދޭން ފަށަނީ: އެމްޕީއެލް
7 މަސް ކުރިން
އެއް ދުވަސްތެރޭ 934 ކޮންޓެއިނަރު ކްލިއާކޮށް އެމްޕީއެލްއިން އައު ރެކޯޑެއް ހަދައިފި
7 މަސް ކުރިން
އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ
7 މަސް ކުރިން