logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންކަރިންގެ ޙިދުމަތަށް ބޭނުންވާ އިތުރު އާ އުޅަނދެއް ގެންނަނީ: އެސްޓީއޯ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
9 ސެޕްޓެމްބަރު 2024 - 09:26
ފޮޓޯ--/ ބަންކަރިން ޙިދުމަތަށް ގެނައި އާ ބޯޓު
ފޮޓޯ--/ ބަންކަރިން ޙިދުމަތަށް ގެނައި އާ ބޯޓު

ބަންކަރިންގެ ޙިދުމަތަށް ބޭނުންވާ އިތުރު އާ އުޅަނދެއް މިމަހު 15 ގައި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގެ ޙިދުމަތަށް ބޭޏުންވާ އާ އުޅަނދެއް މިއަދު ކުޅުއްދުއްފުޓަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރަށް މި ޙިދުމަތަށް ބޭނުންވާނެ އިމާރާތެއް ވެސް އުލިގަމުގައި ވަނީ ގާއިމްކޮށްފައެވެ. "އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ގެނަމުން ނަންދެވިފައިވާ މި އިމާރާތުގެ ސަބަބުން ހިދުމަތްދޭ މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންކަރިން ޙިދުމަތްތަކުގެ މައުލޫމާތާއި ޙިދުމަތަށް އެދޭނެ ގޮތުގެ ތަފްސީލް މިކަމަށް ހާއްސަ ވެބްސައިޓު( ޔޫއެމްއެސް) މެދުވެރިކޮށް ލިބޭނެއެވެ.މި ވެބްސައިޓުން ލިބޭ ޙިދުމަތްތަކުގެ ތެރޭގައި ޕައިލޮޓޭޖް ސާވިސް، ކުރޫ ޗޭންޖް، އެސްޓީއެސް (ޝިޕް ޓު ޝިޕް ސާވިސް)، ލޯންޗު ސާވިސް، ވޯޓަރ ސާވިސް، ސަޕްލައި އޮފް ޕްރޮވިޝަންސް، ލުބްރިކޭޓިން އެންޑް ހައިޑްރޯލިކް އޮއިލް ސަޕްލައި، ޔޮޓް ޑޮކިން ސާވިސް، މެއިންޓެނެންސް ސާވިސް، އަންޑަވޯޓާ ސާވިސް، ޓަގް ސާވިސް، މެރިން ސެލްވޭޖް އަދި ރިސެޕްޝަން ފެސިލިޓީސް ހިމެނެއެވެ.

ބަންކަރިންގެ ޙިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވަނީ އެމްޕީއެލް އަދި އެސްޓީއޯ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭވިޔަފާރި | މަހެއް ކުރިންޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންމައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން  އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހަދަން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންއެމްޕީއެލްއިން ހަފްތާއެއްގެ ތެރޭ 1800 ކޮންޓެއިނަރ ކްލިއަރ ކޮށްފިވިޔަފާރި | 2 މަސް ކުރިން