logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
7 ސެޕްޓެމްބަރު 2024 - 14:43
އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ

އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީޖު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯ ކޮންޓެއިނާ އަންނަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ބަނދަރުކުރާނެ ކަމަށެވެ. މި ކާގޯ ރާއްޖެއަށް ގެންނަނީ އިންޑިޔާގެ ޓިޓުކޮރިން އިންނެވެ. އެގޮތުން ޝެޑިއުލްގައި ވާގޮތުން މިބޯޓަަށް ހިތަދޫ ޕޯޓަަށް ބަދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހު ކަމަށް ވަޖީހު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބޯޓުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އަދި ޖެނެރަލް ކާގޯގެ ބާވަތްތަ ގެންނަ އިރު، އިންޑިޔާއިން، ދާއިމީ ގޮތެއްގައި އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތް ކާމިޔާބު ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި މި މަސައްކަތް ފެށުނު ފަހުން، މެދު ނުކެޑި، އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެކެއް ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.

"މިއީ، އިންޑިޔާއިން، ދާއިމީ ގޮތެއްގައި އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން މެދު ނުކެޑި އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެއް'"ވަޖީހު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖެ އަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 3 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 7 ދުވަސް ކުރިންހައްޖު ދުވަހާއި އީދު ދުވަހު އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީޚަބަރު | 13 ދުވަސް ކުރިންހަފްތާއެއް ތެރޭ އެމްޕީއެލްއިން 41،000 އަށް ވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފިޚަބަރު | 21 ދުވަސް ކުރިން