އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފްތިތާހުކޮށްފި

އައިޝަތު ނަޝާ20 ނޮވެމްބަރު 2025 - 05:58
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެމްޕީއެލްއިން ފެށި މި ޕްރޮގްރާމަކީ ،ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދިނުމަށްޓަކާ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލުން ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ފުރުސަތު ދީ، އެ ފަރާތްތަކަށް ވަޒީފާ ދިން ކަމުަގެ ލިޔުން ހަވާލުކޮށް ފައެވެ.މީގެ އިތުރުން މިވަގުތު ވެސް ނުކުޅެދުން ތެރިކަން ހުންނަ 32 ބޭފުޅުން އެ ކުންފުނީގައި ވަޒީފާ އަދާ ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެ ކުންފުނީގެ ވެބްސައިޓުގައި އަލަށް ތައާރަފް ކުރާ "އެކްސަސިބިލިޓީ ފީޗަރ" ވެސް ވަނީ އިފްތިތާހް ކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދާދިނުމަކީ މި ސަރުކާރުން ވަރަށް އިސް ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖްތަމައު ގައި ބޭނުންތެރި އަދި މުޖްތަމައު ބަލައި ގަންނަ ފަދަ ބަޔަކަށް ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެ ވަރަށް މުހިންމު ސިޔާސަތެކެވެ.
އެގޮތުން މި ސަރުކާރުން މިހާތަނަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދީފައެވެ. އެއީ ސަރުކަރުގެ ކުުންފުނި ތަކުން 288 އަދި ސިވިލް ސަރވިސް ގެ ތެރެއިން 48 ވަޒީފާއެވެ.
އިތުރު ލިޔުންތައް

ބަންކަރިންގެ ހިދުމަތްދޭ އިމާރާތް ހުޅުވާ، އަންނަ ބުރާސްފަތި ދުވަހު ހިދުމަތްދޭން ފަށަނީ: އެމްޕީއެލް
އަހަރެއް ކުރިން
އެއް ދުވަސްތެރޭ 934 ކޮންޓެއިނަރު ކްލިއާކޮށް އެމްޕީއެލްއިން އައު ރެކޯޑެއް ހަދައިފި
އަހަރެއް ކުރިން
އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯއާއެކު އަންނަ ބުދަ ދުވަހު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ
އަހަރެއް ކުރިން


