logo
Bank of Maldives

Bank of Maldives

ޚަބަރު

މެރިޓައިމް ދާއިރާގައި އެމްއެންޔޫ އާއި އެމްޕީއެލް ގުޅިގެން މަސައްކަތް ކުރަނީ

އާމިނަތު ޝަފާ
12 ނޮވެމްބަރު 2025 - 10:28
މެރިޓައިމް ދާއިރާގައި އެމްއެންޔޫ އާއި އެމްޕީއެލް ގުޅިގެން މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު މެރިޓައިމް ތަޢުލީމާއި ތަމްރީނު އަދި ދިރާސާގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ދެ މުއައްސަސާގެ ދެމެދުގައި އެކަޑަމިކް އަދި ޕްރޮފެޝަނަލް ގުޅުންތައް ބަދަހިކުރުމުގެ އޮނިގަނޑެއް އެކުލަވާލާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމުނާމާގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. މި ޕާޓްނަރޝިޕްގެ ދަށުން އެމްއެންޔޫ އާއި އެމް.ޕީއެލް ގުޅިގެން ކުރެވިދާނެ ތަފާތު ދާއިރާތަކުގެ ތެރޭގައި އެކަޑަމިކް އަދި ޓެކްނިކަލް މަޢުލޫމާތު ބަދަލުކުރުމާއި، ޖޮއިންޓް ރިސަރޗް އިނީޝިއޭޓިވްސްއާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި، މެރިޓައިމް އެޑިޔުކޭޝަން އެންޑް އޮޕަރޭޝަންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ބެސްޓް އިންސްޓިޓިއުޝަނަލް ޕްރެކްޓިސްތައް ޙިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން މެރިޓައިމް އެޑިޔުކޭޝަން އަދި ޓްރެއިނިންގ ޕްރޮގްރާމްތައް ޖޮއިންޓް ޑިވެލޮޕްމަންޓް، ޑެލިވަރީ އަދި ރިވިއު ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާނެއެވެ.

މި ފަހުމުނާމާގެ ސަބަބުން ޤައުމީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ދާނެ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ބަނދަރުކޮށްފިޚަބަރު | 23 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފިޚަބަރު | 23 ދުވަސް ކުރިންލޯފަން މީހުންނަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް ލޯންޗްކޮށްފިޚަބަރު | 24 ދުވަސް ކުރިންއެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފްތިތާހުކޮށްފިޚަބަރު | 24 ދުވަސް ކުރިން