logo
Bank of Maldives

Bank of Maldives

ޚަބަރު

އެއް ދުވަސްތެރޭ 934 ކޮންޓެއިނަރު ކްލިއާކޮށް އެމްޕީއެލްއިން އައު ރެކޯޑެއް ހަދައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
6 ސެޕްޓެމްބަރު 2024 - 08:14
ފޮޓޯ--/ މާލެ ވިޔަފާރި ބަނދަރު
ފޮޓޯ--/ މާލެ ވިޔަފާރި ބަނދަރު

އެއް ދުވަސްތެރޭ 934 ކޮންޓެއިނަރަށް ޚިދުމަތްދީ އެމްޕީއެލްއިން އައު ރެކޯޑެއް ހަދައިފިއެވެ.

އެމްޕީއެލް އިން ހާމަކުރި ގޮތުގައި މިއީ މިހާތަނަށް އެއް ދުވަސްތެރޭގައި މާލޭގެ ވިޔަފާރި ބަނދަރުން މިހާ ގިނަ ކޮންޓއިނާތަކަަށް ޙިދުމަތް ދެވުނު ފުރތަމަ ފަހަރެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އެމްޕީއެލް އިންވަނީ 934 ކޮންޓެއިނާ ކްލިއަރ ކޮށްފައިަކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވީނަމަވެސް މިފަދަ ލަނޑުދަނޑިއެއް ހާސިލްކޮށް މިހާ ބުރަ މަސައްކަތެއް މިކުރެވުނީ އެކުންފުނީގެ ހީވާގި މުވައްޒަފުންނާއި ބަނދަރުގެ ބޭނުންކުރާ ފަރާތްތަކުގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމަށެވެ. އަދި މިފަދަ ލަނޑުދަނޑިއެއް ހާސިލްކުރުމުގައި ބައިވެރިިވި އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކޮށް އެ ކުންފުނިން ވަނީ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އެމްޕީއެލްގެ ޙިދުމަތްތައް ފުޅާކޮށް އެދެވޭ ގޮތެއްގައި އަވަސް މުއްދަތެއްގެ ތެރޭގައި ދިނުމަަށް އެކުންފުނިންދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ގެ ނަމުގައި ބަންކަރިންގެ ޙިދުމަތަށް ހާއްސަ އިމާރާތެއް އަޅައި އެ ޙިދުމަތް އިފްތިތާޙުކޮށް އަންނަ ބުރާސްފަތި ދުވަހު ޙިދުމަތް ދޭން ފަށާނެ ކަމަށް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް އަޅަނީޚަބަރު | 2 ދުވަސް ކުރިންއެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިޚަބަރު | 2 ދުވަސް ކުރިންއެމްޕީއެލްއިން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު 5.4 އިންސައްތަ އިތުރުވެއްޖެޚަބަރު | 3 ދުވަސް ކުރިންނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ ޚަބަރު | 14 ދުވަސް ކުރިން