ހިޔާ ފްލެޓްގައި މީހަކު ރަހީނުކުރުން: 8 މީހަކު ތަޙުޤީޤު ނިމެންދެން ބަންދު
17 ނޮވެމްބަރު 2024 - 15:49

ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12މީހުންގެ ތެރެއިން 8 މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ތަހުގީގު ނިމެންދެން ބަންދުކުރި މީހުން

Ad by Hajj Corporation
* އާދަމް ހުސެއިން ލ. މާވަށް، ޖަމީލާ މަންޒިލް (48އ)
* އިބްރާޙިމް ނަޝީދު ލ. އިސްދޫ، ހިޔާލީ ގުލްޝަން (34އ)
* އަހުމަދު ސަމީހު ބ. ގޮއިދޫ، ނައިޓްސްޓަރ (22އ)
* އިސްމާޢިލް ވިޝާމް މުހައްމަދު ވ. ގާމާ (29އ)
* ވިޝާމް މުހައްމަދު ގދ. ވާދޫ، ޗިޗަންޑާގެ (23އ)
* ވިސާން މުހައްމަދު ހުޅުމާލެ، ހިޔާ 14-17-3 (30އ)
* މުސްތާގު ޝާކިރު ގދ. ވާދީ، ޖަނަވަރީގެ (37އ)
* ހަސަން ގާލިބް މ. ކޮޅުފުށި، އާރެސް (38އ)
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި އިތުރު 4 މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އެގޮތުން ށ. ފޯކައިދޫ، ދަންމަރު، އުމުރުން 36 އަހަރުގެ އަހުމަދު ޒާހިދު 5 ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު ގ.ދ ވާދޫ، ވެހި، އުމުރުން 22 އަހަރުގެ އަލްމާން ޢަލީ ޚާލިދާއި މ. ހަތިކަނޑު، އުމުރުން 18 އަހަރުގެ މުހައްމަދު އިޒްކާން އަދި ކ. ގުރައިދޫ، ޒުނައިޓްވިލާ، އުމުރުން 18 އަހަރުގެ އިޒާން އަހުމަދު 8 ދުވަހަށް ބަންދުކުރުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން އުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:40 ހާއިރުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވަނީ ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށް، 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ