logo
Bank of Maldives

Bank of Maldives

ޚަބަރު

ކުލި ނުދައްކާ 5000 ފްލެޓަށް ނޯޓިސް ފޮނުވަނީ

އަޙްމަދު ޒަލީފް
15 ޖޫން 2025 - 11:26
 ކުލި ނުދައްކާ 5000 ފްލެޓަށް ނޯޓިސް ފޮނުވަނީ

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓް ތަކުގެ ތެރެއިން ޤަވާއިދުން ކުލި ނުދައްކާ 5099 ފްލެޓަށް ނޯޓިސް ފޮނުވުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލެއިން ދޫކޮށްފައިވާ 8511 ފްލެޓްގެ ތެރެއިން ޤަވާއިދުން ކުލި ދައްކަމުން ދަނީ 3219 ފްލެޓަކުންނެވެ. މި ފްލެޓްތަކުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދު އުޅެނީ 700 މިލިއަނަށްވުރެ މަތީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްލެޓްތައް ދޫކުރުމުގައި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ޤަވާއިދުން ކުލި ދައްކަމުން ނުދާނަމަ އެ ފްލެޓެއް އަތުލުމުގެ ބާރު އެ ކުންފުންޏަށް ލިބެއެވެ. އެހެންކަމުން، ކުލި ނުދައްކާ ފަރާތްތަކަށް ކޮންމެ ތިން މަހުން އެއް ފަހަރު ނޯޓިސް އެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، މި ގޮތުން ކުލި ދައްކަމުން ނުދާނަމަ ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ކުލި ނުދެއްކުމުގެ ސަބަބުން މިހާތަނަށް އެއްވެސް ފްލެޓެއް އަތުލާފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންޓްރެކްޓަރުންނަށް ލުއިތަކަކާއެކު އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންއެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 25 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | މަހެއް ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | މަހެއް ކުރިން