logo
ޚަބަރު

4000 ފްލެޓްގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިއްޖެ

ޝަހްޒާ މުހައްމަދު
21 ޖޫން 2025 - 13:15
4000 ފްލެޓްގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 , ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މަސައްކަތާއި ކޮލެޓީއާމެދު ހިތްހަމަޖެހޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 32 ޓަވަރުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. މި ޓަވަރުތަކުގައި 2 ކޮޓަރި އަދި 3 ކޮޓަރީގެ ފްލެޓްތައް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ 16 ޓަވަރެއްގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭ.ޕީ.އައި.އެލް) އިންނެވެ. އެ ޓަވަރުތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެން.ބީ.ސީ.ސީ) އިންނެވެ. މި ޓަވަރުތަކަށް ކިޔަނީ "އަމާން ދޯދި" އެވެ.

މިސަރުކާރާއި ހަވާލުވީއިރު މަސައްކަތް ހުރި މިންވަރާ ބަލާއިރުގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްގޮސްފައި ވާކަމަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ޓަވަރުތަކުގައި ފެނާއި ނަރުދަމާފަދަ ޔޫޓިލިޓީ ކަނެކްޝަންތަކުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށްދަނީ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ. ޖުލައިމަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރިމަންޓް ހަދައި ފްލެޓުތައް ހަވާލުކުރަން ފެށުމަށް ވަނީ ރޭވިފައެވެ. މިނިސްޓަރ ވިދާޅުވީ، ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެއްފަހަރާ ނޫންކަމަށެވެ. އޭގެ ބަދަލުގައި ޓަވަރުތަކަށް ޔޫޓިލިޓީ ކަނެކްޝަންތައް ގުޅައިދީ ނިމޭ މިންވަރަކުން ފްލެޓްތައް ޙަވާލުކުރުން ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިން4000 ފްލެޓްގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިއްޖެޚަބަރު | 2 މަސް ކުރިން ކުލި ނުދައްކާ 5000 ފްލެޓަށް ނޯޓިސް ފޮނުވަނީ ޚަބަރު | 3 މަސް ކުރިންހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓް ބޭނުން ކުރަން ފަށައިފި ޚަބަރު | 3 މަސް ކުރިން