logo
MPL

MPL

ޚަބަރު

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިންމާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޯގަސްޓު 2026 - 03:20
ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިންމާލައިފި

ހދ. ނޭކުރެންދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ނިންމުމަށްފަހު ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ވަނީ 13 އޮގަސްޓު 2026 ގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތުގައި މިނިސްޓްރީގެ ޓެކްނިކަލް ޓީމުގެ އިތުރުން ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ނޭކުރެންދޫ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) ގެ ލޯނު އެހީ އާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި މަޝްރޫޢެކެވެ. މި މަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޖޮއިންޓް ވެންޗަރ އަކުންނެވެ.

މި މަޝްރޫޢުގެ ދަށުން ފެން ޓެސްޓްކުރެވޭ ވަސީލަތްތަކާއެކު ލެބޯޓްރީއަކާއި އޮފީސް ޖާގަ ހިމެނޭހެން 30 ކިލޯވޮޓްގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފައެވެ. އަދި އާރު.އޯ ޕްލާންޓް އިމާރާތެއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރް.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކުގެ އިތުރުން 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއެކު ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ޤާއިމުކޮށްފައެވެ.

މީގެއިތުރުން، ރަށުގައި 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 10.4 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އަޅައި، ސީ އައުޓްފޯލް އެޅުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ. އަދި ޚިދުމަތް ދިނުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ކެޗްޕިޓާއި ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | ގަޑިއިރެއް ކުރިންކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފިޚަބަރު | 3 މަސް ކުރިންވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީ އާ ހަވާލުކޮށްފިޚަބަރު | 5 މަސް ކުރިންބާޒާރުމަތީގައި 6 ފަންގިފިލާގެ ވަސީލަތްތައް ފުރިހަމަ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފިޚަބަރު | 5 މަސް ކުރިން