logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓް ބޭނުން ކުރަން ފަށައިފި

އަޙްމަދު ޒަލީފް
28 މޭ 2025 - 12:07
ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓް ބޭނުން ކުރަން ފަށައިފި

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.

މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތައް ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވިއެވެ.

މި ލިފްޓްތަކަކީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީން ވިދާޅުވީ ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް މިދިޔަ ހޯމަ ދުވަަހު ބޭނުންކުރަން ފަށާފައިވާކަމަށާއި، އަދި މިހާރު 3 އާއި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމްލަ 32 ލިފްޓެވެ. ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން: ދެބައިކުޅަ އެއްބައި ހިއްކާ ނިމިއްޖެޚަބަރު | 2 ދުވަސް ކުރިންއެޗްޑީސީން މުވައްޒަފުންނަށް އަހަރީ ބޯނަސް ދެނީ، އެންމެ ބޮޑު އަދަދަކީ 18600ރ.ޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން "އެސްޓޭޓް ސެކިއުރިޓީ" ތައާރަފުކޮށްފިޚަބަރު | 3 ދުވަސް ކުރިންހުޅުމާލެ މަގުހެދުމުގެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ: އެޗްޑީސީޚަބަރު | 6 ދުވަސް ކުރިން