logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން "އެސްޓޭޓް ސެކިއުރިޓީ" ތައާރަފުކޮށްފި

އިސްމާޢިލް ރާތިޢު
15 ޑިސެމްބަރު 2025 - 11:00
ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން "އެސްޓޭޓް ސެކިއުރިޓީ" ތައާރަފުކޮށްފި

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނުގެ އިތުރުން އިމާރާތްތަކުގެ އަމާންކަން 24 ގަޑިއިރު ބެލެހެއްޓުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ރޭ ތައާރަފުކޮށްފިއެވެ.

އެޗްޑީސީން މީސްމީޑިއާގައި ކުރި ޕޯސްތެއްގައި ބުނެފައިވަނީ، ފަރުކޮޅުފުށީގައި ރޭ ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް"އެސްޓޭޓް ސެކިއުރިޓީ ސާވިސް"ގެ ނަމުގައި އާ ހިދުމަތެއް ފަށާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ އިވެންޓުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅޭ އަދި މުސްތަގުބަލުގައި ވެސް ބޮޑު އާބާދީއެއް ދިރިއުޅޭނެ ހުޅުމާލޭގެ އިމާރާތްތަކާއި އޮފީސްތަކާއި ވިޔަފާރިކުރާ ވަރަށް ގިނަ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެ ކުންފުނިން މިހާރު ދޭ ސެކިއުރިޓީގެ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ރިފޯމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި 24 ގަޑިއިރު، އެ ހިދުމަތުގެ މުވައްޒަފުން މަސައްކަތްކުރާނެކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި މުވައްޒަފުން ތިބޭނީ އެކަމަށް ހާއްސަ ޔުނީފޯމުގައި އެއީ ކޮންބައެއްކަން އެނގޭނެ ގޮތަށް ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ. ރޭގެ އިވެންޓުގައި ވަނީ މި ޔުނީފޯމު ދައްކާލާފައެވެ.

އެޗްޑީސީން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ތައާރަފުކުރި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ވެސް ހުޅުލޭގެ އާންމު ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް މިއަހަރު ތައާރަފުކޮށްފައިވެއެވެ.

އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގެ ސެކިއުރިޓީއަށް މިހާރުވެސް އެކުންފުނީގެ މުވައްޒަފުން ތިބެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އެފޯޑަބްލް ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސް އަޅުއްވާ ދެއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންކޮންޓްރެކްޓަރުންނަށް ލުއިތަކަކާއެކު އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންއެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 24 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | މަހެއް ކުރިން