logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލް އެފޯޑަބްލް ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސް އަޅުއްވާ ދެއްވައިފި

މުޙައްމަދު އަފްރާޙް
21 މާރިޗު 2026 - 17:02
ބީއެމްއެލް އެފޯޑަބްލް ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސް އަޅުއްވާ ދެއްވައިފި

ބީއެމްއެލް އެފޯޑަބްލް ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ މަސައްކަތް ފެށީ މިކަމަށްޓަކައި ހުޅުމާލެ ފޭސް 3 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން، މާރޗު 21 ވަނަ ދުވަގުގެ ރޭ ބިންގާ އަޅާފައިވަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން އިމާރާތް ކުރާ 1224 ޔުނިޓުގެ މަސައްކަތުގެ ބިންގާއެވެ.

މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕާރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ޗެއަރމަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.

މި މަޝްރޫޢުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީއެމްސީއަކީ، ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ.
މި ކުންފުނިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ހިމެނެއެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ، ގުޅީފަޅާއި ހުޅުމާލެ ފޭސް 2ގެ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އެފޯޑަބްލް ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސް އަޅުއްވާ ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސްޚަބަރު | 11 ގަޑިއިރު ކުރިންގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެޚަބަރު | 12 ގަޑިއިރު ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިން