logo
MPL

MPL

ޚަބަރު

ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ނިންމާލައިފި

އައިޝަތު އިނާޝާ
23 ނޮވެމްބަރު 2026 - 07:54
ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބީއެމްއެލް އިން ފޯރުކޮށްދިން 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން ހިންގި މި މަޝްރޫޢަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަޝްރޫޢެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބޭންކުން ބުނިގޮތުގައި މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމަޢަށް ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިޤްތިޞާދީ އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫޢުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ނިންމާލައިފިޚަބަރު | 35 މިނިޓު ކުރިންވަރަ އެކްސްޕޯ 2026ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލްވިޔަފާރި | 6 ދުވަސް ކުރިންހެވީލޯޑް ކުންފުނީގެ ކުޑަފަރެސް ރިސޯޓު ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފިޚަބަރު | 8 ދުވަސް ކުރިންބީއެމްއެލްގެ ކާނިވާ ކާމިޔާބުކަމާ އެކު ނިންމާލައިފިވިޔަފާރި | 8 ދުވަސް ކުރިން