logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ މަގުހެދުމުގެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ: އެޗްޑީސީ

އައިޝަތު ނަޝާ
12 ޑިސެމްބަރު 2025 - 13:27
ހުޅުމާލެ މަގުހެދުމުގެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ: އެޗްޑީސީ

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ، 91.8 މިލިއަން ރުފިޔާއަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހުޅުމާލެ 1 އަދި 2 ގެ 1.1 ކިލޯ މީޓަރުގެ މަގުތައް 5-6 މަސް ދުވަހުގެ ތެރޭގައި ހަދަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ މި މަހުގެ ތިން ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ.

އެކޮމޮޑޭޝަން ބްލޮކެއް އަޅަން ޗައިނާގެ ކުންފުންޏާ އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީ އެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ވެސް ހުއްޓާލަން ޖެހުނީ އެވެ.Housing Development Corporation (HDC) - Building Sustainable Communities in Maldives

Housing Development Corporation (HDC) - Building Sustainable Communities in Maldives

އެޗްޑީސީން ނެރުނު އިއުލާނުގަައި ބުނެފައިވަނީ، ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުންކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓު ކައިރީގައި އޮންނަ މަގު ހިމެނޭހެން 19،001 އަކަމީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

އޭގެއިތުރަށް، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8.012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް، އަލުން ތާރު އަޅާނެކަން އެޗްޑީސީން ފާހަގަކުރިއެވެ.

މި މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރީ، ޖީއެސްޓީ ހިމެނޭހެން 91.8 މިލިއަން ރުފިޔާއަށް ކަމަށާއި،އެ ފައިސާ ދައްކަން ހަމަޖެހިފައި އޮތީ އެޗްޑީސީގެ ކޭޝް ފްލޯއަށް ދަތިނުވާހެން ކަމަށްވާއިރު، 50 ޕަސެންޓު ދައްކަނީ އެއް އަހަރަށް ބަހާލައިގެން ކަމަށް އެޗްޑިށިން ވަނީ ބުނެފައެވެ.

އަދި ބާކީ 50 ޕަސެންޓު ފައިސާ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރުގެ ތެރޭގައި ދައްކަން އެއްބަސްވެފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.މީގެއިތުރުން މި މަސައްކަތް ކުރިއަށް ދާނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފަށައިގެން ދެވަނަ ފިޔަވައްސަށް ނިންމާ ގޮތަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 14 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | 21 ދުވަސް ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | މަހެއް ކުރިންރޯދައަށް އުކާލާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އަންގައިފިޚަބަރު | މަހެއް ކުރިން