logo
Bank of Maldives

Bank of Maldives

ޚަބަރު

ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން މަޝްވަރާކުރަނީ

މޫސާ ވަސީމް
1 ސެޕްޓެމްބަރު 2024 - 04:49
ރީޖަނަލް އެއާޕޯޓްސް -- ފޮޓޯ/ ދަ ޕްރެސް
ރީޖަނަލް އެއާޕޯޓްސް -- ފޮޓޯ/ ދަ ޕްރެސް

އެސްއޯއީ ރިފޯމް މަސައްކަތްތަކުގެ ދަށުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، އެކީގައި ހިންގޭނެ ގޮތްތަކެއް މަޝްވަރާ ކުރުމަށް ކެބިނެޓަށް ހުށައަޅުއްވާ މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ ކެބިނެޓުގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން އާންމު ކުރެއްވި ވީޑިއޯއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވީޑިޔޯގައި ރައީސް ވިދާޅުވީ، ކެބިނެޓުގައި މިއަދު މަޝްވަރާކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ރީޖަނަލް އެއަރޕޯޓްސް ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކަމަށާއި، އެއީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މީގެއިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރައްވާ ގޮތެއް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" އޭގެ ސަބަބުން [ ދެ ކުންފުނި އެއްކޮށްލުމުން] ވާނެ ފައިދާތައް ވަރަށް ގިނަ ގުނަ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޑީސީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ބީސީސީ އެކީ ގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މިއަދު ގެ ކެބިނެޓް ބައްދަލުވުމަށް ހުށައަޅުއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ކުުންފުނިތަކަށް މި ގެންނަ ބަދަލުތަކަކީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރު ކުންފުނިތައް ރީފޯމުކުރުމުގެ މަސައްކަތުގެ ތެރެއިން ގެންނަ ބަދަލުތަކެކެވެ. އެގޮތުން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓު ނިމިއްޖެ، އެކަމަކު ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދައިދެއްވުމަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ: ޝުޖާއުޚަބަރު | 15 ގަޑިއިރު ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | ދުވަހެއް ކުރިންގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފަށައިފިޚަބަރު | ދުވަހެއް ކުރިން ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢުޚަބަރު | 2 ދުވަސް ކުރިން