logoEN
ކުޅިވަރު

އިންޓަރ އޮފީސް-ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ޕޮލިސް ކުލަބަށް

މުބާރާތުގެ ޗެންޕިއަން ޓީމް ޕޮލިސް ކްލަބް. ފޮޓޯ: ވީ.އޭ.އެމް

މުބާރާތުގެ ޗެންޕިއަން ޓީމް ޕޮލިސް ކްލަބް. ފޮޓޯ: ވީ.އޭ.އެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

18 ނޮވެމްބަރު 2024 - 04:19

ވޮލީބޯލް އެސޯސިއޭޝަން މޯލްޑިވްސް އިން އިންތިޒާމް ކުރި އިންޓަރ އޮފީސް-ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ޕޮލިސް ކުލަބް ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި އާއި އެމް.އެން.ޑީ.އެފް އެވެ.

ފޯރިގަދަ ކުޅުމެއް ދެފަރާތުންވެސް ފެނުނު މި މެޗުގެ ސެޓުތައް ޕޮލިހުން ކާމިޔާބުކުރީ އެމް.އެން.ޑީ އެފް އިން ފުރަތަމަސެޓު ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. އެއީ 25-23، 25-22، 25-08 އަދި ފަހު ސެޓު 27-25 އިން ނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަލަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ޝާމިލް މުޙައްމަދެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ މިނިސްޓްރީ އޮފް ސްޕޯޓްސް ގެ މުޙައްމަދު ފައިސަލް އާއި އެމް.އެން.ޑީ.އެފް ގެ ޖުނައިދު އަބްދުﷲ އާއި ޕޮލިސް ކުލަބުގެ ޝާމިލް މުޙައްމަދާއި ޕޮލިސް ކުލަބުގެ މައުޒޫމް މިއާޒް އާއި އެމް.އެން.ޑީ.އެފް ގެ މުޙައްމަދު މުނީޒުގެ އިތުރުން ޕޮލިސް ކުލަބުގެ މުޙަމަދު ހަމްދޫން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ ޝާމިލް މުޙައްމަދެވެ.

ނޮވެމްބަރު މަހުގެ 10 އިން 17 އަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ އެޗް.ޑީ.ސީގެ ވޮލީ ކޯޓުގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder