ގައުމީ ވޮލީ ބޯޅަ ލީގު ވެމްކޯ އިން ކާމިޔާބުކޮށްފި

.jpg&w=3840&q=75)
15 އޮކްޓޯބަރު 2024 - 14:29
ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފިއެވެ.
2017 ވަނަ އަހަރުގެ ފަހުން ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ފުލުހުންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފަސް ސެޓަށް ދިޔަ އެ މެޗު އެޓީމުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ފުލުހުންނެވެ. އެގޮތުން ފުލުހުން އެ ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް، ވެމްކޯ އިން ވަނީ 17-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ތިން ވަނަ ސެޓު އަނެއްކާ ވެސް ފުލުހުން ކާމިޔާބު ކުރީ 25-22 އިންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ 21-25 އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ސެޓުގެ ގޮތުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ވެމްކޯ އިން ކާމިޔާބު ކުރީ 13-15 އިންނެވެ.
އިތުރު ލިޔުންތައް

ރާއްޖެއިން ދެއްކި މޮޅު ކުޅުމާއެކު ވެސް، ކަވާ މުބާރާތުގެ ޗެމްޕިއަންކަން ކްރިގިސްތާނަށް
8 މަސް ކުރިން
ކާވާގައި ބައިވެރިވާ ފިރިހެން ޓީމުގެ ޖާޒީ ޙަވާލުކޮށްފި
7 މަސް ކުރިން
ކާވާ 20 އަހަރުން ދަށުގެ މުބާރަތް :ނޭޕާލް އަތުން ވެސް ތިން ސެޓުން ރާއްޖެ ބަލިވެއްޖެ
7 މަސް ކުރިން.jpg&w=3840&q=75)