ނޭޝަނަލް ވޮލީބޯލް ޗެންޕިއަންސިޕް ގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗް މިރޭ.
.jpg&w=3840&q=75)
ނޭޝަނަލް ވޯލީބޯލް ޗެންޕިއަންޝިޕް ގައި ވާދަކުރާ ދެ ޓީމް. ފޮޓޯ: ނޭޝަނަލް ވޮލީބޯލް އެސޯސިއޭޝަން.

24 އޮކްޓޯބަރު 2024 - 06:39
ނޭޝަނަލް ވޮލީބޯލް ޗެންޕިއަންޝިޕް ގެ ފައިނަލް މެޗު މިރޭ 8:30 ގައި ޔޫތު ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބެވެ. މި މަހުގެ 22 އިން 25 އަށް ޔޫތު ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިޔަށް ގެންދާ މި މުބާރާތުގެ އަންހެން ޑިވިޝަންގައި 4 ޓީމެއް ވާދަކުރެއެވެ. އެއީ ޕޮލިސް ކްލަބާއި ވެމްކޯގެ އިތުރުން ވޮލީބޯލް ނިއު ޖެނެރޭޝަން އަދި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން ވަނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އަތުން ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ 25-13، 25-17، 20-25 އަދި 27-25 އިންނެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވެމްކޯއިން ވަނީ ޕޮލިސް ކުލަބާއި ވާދަކޮށް ސީދާ ތިންސެޓުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗު ވެމްކޯ އިން ކާމިޔާބު ކޮށްފައިވަނީ 25-17، 25-23 އަދި 25-19 އިންނެވެ.
ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ފުރަތަމަ ސެމީ ގައި މޮޅުވި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އާއި ދެވަނަ ސެމީއިން ބަލިވި ޕޮލިސް ކްލަބެވެ. މި މެޗު ޕޮލިސް ކްލަބުން ކާމިޔާބު ކުރީ 25-20، 25-16 އަދި 25-20 އިންނެވެ. މި މެޗާއެކު އެޓީމުވަނީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ.
އިތުރު ލިޔުންތައް

ރާއްޖެއިން ދެއްކި މޮޅު ކުޅުމާއެކު ވެސް، ކަވާ މުބާރާތުގެ ޗެމްޕިއަންކަން ކްރިގިސްތާނަށް
8 މަސް ކުރިން
ކާވާގައި ބައިވެރިވާ ފިރިހެން ޓީމުގެ ޖާޒީ ޙަވާލުކޮށްފި
7 މަސް ކުރިން
ކާވާ 20 އަހަރުން ދަށުގެ މުބާރަތް :ނޭޕާލް އަތުން ވެސް ތިން ސެޓުން ރާއްޖެ ބަލިވެއްޖެ
7 މަސް ކުރިން