ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


18 ނޮވެމްބަރު 2024 - 04:34
ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށޤ ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަދުވާނެކަމަށް ލަފާކުރެވޭއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރަނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
ވުމާއެކު މޫސުމަށް ހުރިހާ ފަރާތްތަކަކަުންވެސް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިތުރު ލިޔުންތައް

އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ
5 މަސް ކުރިން
ރާއްޖެ ކައިރީގައި 2 ކޮޅިގަނޑު، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
4 މަސް ކުރިން