ޚަރަދު ކުޑަކުރެވޭނީ ހުރިހާ ޤައިދީން އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށްގެން - މިނިސްޓަރ
އަޙްމަދު ޒަލީފް
18 ނޮވެމްބަރު 2024 - 14:04

ވަކިވަކި ރަށްތަކުގައި ޖަލުތައް ޤާއިމުކޮށްފައިވުމަކީ ޖަލުތައް ހިންގުމުގައި ޚަރަދު ބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށާއި، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އަމާޒަކީ ސެންޓްރަލް ޕްރިޒަންސް ކޮމްޕްލެކްސްއެއް ގާއިމު ކުރުންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation
ރާއްޖޭގައި ޖަލުތައް ގާއިމު ކުރެވިފައި ވަނީ، ޖަލުތައް ހުންނަން ޖެހޭ އުސޫލާއި އެއްގޮތަކަށް ނޫންކަމަށާއި، ރައީސް ޑރ މުއިއްޒުގެ އެންމެ ބޮޑު ސިޔާސަތަކީ ރާއްޖޭގައި ސެންޓްރަލް ޖަލެއް އެޅުންކަމަށްވެސް އިޙްސާން ވަނީ ފާހަގަ ކުރައްވާފައެވެ.