logo
ޚަބަރު

އިދިކޮޅުން ހޯމް މިނިސްޓަރާ ދެކޮޅަށް ނުކުތް ނުކުތުމަކީ މި ސަރުކާރާ ދެކޮޅަށް ނުކުތް ނުކުތުމެއް: މުބީން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 ޖެނުއަރީ 2025 - 12:00
ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން -- ފޮޓޯ: ޕީއެސްއެމް
ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން -- ފޮޓޯ: ޕީއެސްއެމް

ހޯމް ލޭންޑް މިނިސްޓަރު އަލީ އިޙުސާނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުތް ނުކުތުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް ނުކުތް ނުކުތެމެއްގެ ގޮތުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން ސިފަކުރައްވައިފިއެވެ.

މުބީން އެފަދައިން ވިދާޅުވީ، މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފަދައިން ވިދާޅުވަމުން އެ ޕޯސްޓުގައި މުބީން ވިދާޅުވީ، އިދިކޮޅުން ސަރުކާރާ ދެކޮޅަށް ނުކުތް ނަމަވެސް، އަދުގެ ސަރުކާރު އޮތީ އިދިކޮޅު ފަރާތްތަކަށް ކުޅެވޭ ވަރަށް ވުރެ ބަދަހިކޮށް ކަމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިކުރާ ވަރަކަށް، އެކަމުގެ ގެއްލުންވާނީ އާންމު ރައްޔިތުންނަށް ކަމުގައި ވެސް އެ ޕޯސްޓުގައި މުބީން ވިދާޅުވެފައިވެއެވެ.

 

މުބީން އެފަދައިން ވިދާޅުވީ، ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން، ވެރިކަންކުރާ ޕީއެންސީއަށް އާންމުން ވައްދާކަމަށް ބުނެ ސޯޝަލް މީޑީޔާގައި ދެކެވުނު ވާހަކަތަކުގައި، ވަޒީރު އިޙްސާނަށް ގިނަ ތުހުމަތުތަކެއް އަމާޒުކުރުމާ ގުޅިގެންނެވެ. އެގޮތުން ޑީއެންއާރް ބޭނުންކޮށްގެން ރައްޔިތުންގެ މައުލޫމާތު ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަނުމަށް ފޯމުތައް ހުށަހެޅީ ވަޒީރު އިޙްސާން އިސްވެ ހުންނަވައިގެން ކަމުގައި އެ ތުހުމަތުތަކުގައިވެއެވެ.

އަދި އެ މައްސަލަތަކާ ގުޅިގެން، ވަޒީރު އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕީޖީ އިން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަައިއެވެ.

އެ މައްސަލަ ހުށަހެޅި ނަމަވެސް، ވަޒީރު އަލީ އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތެރެއިން ފެއިލްކޮށްލާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދައިރާގެ މެންބަރު މުޙައްމަދު އިސްމާއީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ މައްސަލައިގައި، ވަޒީރު އިހްސާނުގެ މައްޗަށް، ޕީއެންސީގެ އަދި ރައީސް މުޢިއްޒުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ވެސް މެންބަރު އިސްމައީލް ވިދާޅުވެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 10 ދުވަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 19 ދުވަސް ކުރިންއާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިންކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސްޚަބަރު | 2 މަސް ކުރިން