logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިޔާއިންވެސް މިހާރު ލިބޭނެ

އަޙްމަދު ޒަލީފް
28 އޭޕްރީލު 2025 - 13:48
ދިވެހި ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިޔާއިންވެސް މިހާރު ލިބޭނެ

މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭއިން ބޭރުގައި މި ޙިދުމަތްދޭން ފެށި ފުރަތަމަ ޤައުމެވެ.

މެލޭޝިއާގައި ދިވެހ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕާސްޕޯޓް ހެއްދި 18 އަހަރު ނުވާ ކުއްޖަކަށާއި އަދި އައިޑީކާޑު ހެއްދި މީހަކަށް އެ ތަކެތި ހަވާލުކޮށްފަ އެވެ. އެ ތަކެތި ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާގެ އިތުރުން، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގައި މިފަދަ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޢުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެކަމުގެ ދަލީލެއް، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިންސަރުކާރު ބަންދު ވިޔަސް މާދަމާވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަންޚަބަރު | 2 މަސް ކުރިންއީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެޚަބަރު | 5 މަސް ކުރިން