logo
MPL

MPL

ޚަބަރު

އިލެކްޓްރޯނިކް ޕާސްޕޯޓް އަންނަ މަހު، އަލުން ދޫކުރަން ފަށަނީ

އަޙުމަދު ރިޝާން
11 ޖުލައި 2026 - 04:03
އިލެކްޓްރޯނިކް ޕާސްޕޯޓް އަންނަ މަހު، އަލުން ދޫކުރަން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓް އަންނަ މަހު އަލުން ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މެދު ކަނޑާލާފައި ވަނީ ޕްރިންޓްކުރާ ބުކްލެޓްގެ ސްޓޮކް ރާއްޖެ ގެނައުން ލަސްވެގެން މޭ މަސްތެރޭ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިދުމަތް މެދުކަނޑާލުމުން، މިހާރު އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ އެންމެންނަށް ދޫކުރަމުން އައީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތް، ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމަށެވެ.

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދުމަށް ނަގާ ފީ އަށް ވުރެ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ހެއްދުމަށް ނަގާ ފީ ކުޑައެވެ. އެގޮތުން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދައިދެނީ 1،000 ރުފިޔާ އަށެވެ. އަދި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދައިދެނީ 600 ރުފިޔާ އަށެވެ.

އިމިގްރޭޝަނުން ބުނީ މީގެ ކުރިން އަމަލުކުރާ ގޮތާ ޚިލާފަށް، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ހައްދާ ފަރާތްތަކުން ފަހުން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަން ބޭނުންވާ ހާލަތުގައި ކެންސަލޭޝަން ފީ ނެގުމަކާ ނުލައި އެ ޚިދުމަތް ހަމަޖައްސައިދޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 2 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންއަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީޚަބަރު | މަހެއް ކުރިންތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 2 މަސް ކުރިން